ޔާމީން އޮންނެވީ ވީއައިޕީ އެޕާޓްމަންޓަކު ނޫން، ގޮޅީގައި: ޝުޖާޢު

ޔާމީން އޮންނެވީ ވީއައިޕީ އެޕާޓްމަންޓަކު ނޫން، ގޮޅީގައި: ޝުޖާޢު

ގުޅުންހުރި

ޚިޔާނާތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރަައްވަމުންދާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫން އޮންނެވީ ޖަލުގެ ވީއައިޕީ އެޕާޓްމަންޓުގައި ނޫންކަމަށާ، ގޮޅިއެއްގައިކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވީ އޮންނެވީ ހުންނެވީ މާފުށީ ޖަލުގައި ކުރިންވެސް އެމަނިކުފާނާއި އެފެންވަރުގެ އެހެންވެސް ބޭފުޅުން ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ވީއައިޕީ އެޕާޓްމެންޓުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނުމާ ގުޅިގެންނެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއީ ދޮގު ކަމަށާ، ރައީސް ޔާމީން ގެންގުޅެނީ ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ދޭންޖެހޭ އެއްވެސް އިޙްތިރާމެއް ނުދީ ވަރަށް އަނިޔާވެރިކޮށްކަމަށެވެ.

އެހެންނަމަވެސް ޝުޖާޢު އެހެން ވިދާޅުވީ ކޮން މަޢުލޫމާތަކަށް ބިނާކޮށްކަމެއް ވިދާޅެއް ނުވެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގިކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހު، މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އިއްވެވީ 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށް ލުމަށާއި، ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ.

ޔާމީން ޖަލަށް ލުމާއެކު ޖަލުގައި އެމަނިކުފާނަށް ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްފައިވޭތޯ ބަލަން އިދިކޮޅު ކޯލިޝަންގެ އިސް ވަފުދެއް ކަރެކްޝަންސަށް ދިޔައެވެ.

ކަރެކްޝަނުން ވިދާޅުވެފައިވަނީ ޔާމީން އޮންނެވި ވީއައިޕީ އެޕަޓުމަންޓު ބަލަހައްޓަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުންކަމަށާ، އެތަނުގައި ބަންދުކޮށްފައިވާ ތިބޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ޚާއްސަ އުސޫލަކުން ބަލަހައްޓާނެކަމަށެވެ. އަދި ކެއިންބުއިމާއި ކަސްރަތާއި އެނޫންވެސް ކަންކަން ޚާއްސަ އުސޫލަކުން ހިނގަމުންދާނެކަމަށެވެ.

ޕީޕީއެމުން ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައަޅައި، ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފައެވެ. ނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މިހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭކަމަށް ގާނޫނު އަސާސީގައި އޮވެއެވެ. އެހެންވެ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމަށް މި ވަގުތަށް ވަނީ ފުރުސަތު ބަންދުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތިޔަ ބޭފުޅުން ކަންބޮޑު ނޫވޭހޭ ޔާމިނުގެ އެކައުންޓަށް ހަލާލް ނޫން ފައިސާ ވައްދާ ހަރާމް ތަކެތިން ފަރިއްކުޅުވާތީ ގިޔާމަތުގެ ބިރުވެރި ކަމާމެދު .

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ