މާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަނީ ލ. މާވަށް، ކުންނާރުމާގޭ މޫސާ އަނީސް، 32 އެވެ. އޭނާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ އިއްޔެއެވެ.
އަނީސްގެ އާއިލާ މީހަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އޭނާ މަސްތުވާތަކެތީގެ މައްސަލައެއްގައި ރީހެބަށް މިއަދު ދާން ޖެހޭ ކަމަށާއި ނަމަވެސް މިހާރު އޭނާގެ ހަބަރެއް ނުވާ ކަމަށެވެ. އަދި މިހާރު އޭނާގެ ފޯނު ވެސް އޮތީ ނިވާލާފައި ކަމަށް އާއިލާއިން ބުނެއެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނައިރު، އަދިވެސް ނުފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ އަނީސްއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާ ކުރުމަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ