ސަލްމާންގެ އުފަންދުވަހުގެ ޕާޓީ އަށް ޝާހު ދިއައީ މެންދަމު 3 ޖެހިއިރުގައި

ސަލްމާންގެ އުފަންދުވަހުގެ ޕާޓީ އަށް ޝާހު ދިއައީ މެންދަމު 3 ޖެހިއިރުގައި

Author
ފާތިމަތު ނާވީ
29 ޑިސެމްބަރ 2022 08:42
0

މިއަދަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރު ސަލަމްނާ ހާންގެ 57 ވަނަ އުފަންދުވަހެއެވެ. މި ދުވަސް ފާހަަގަ ކުރުމަށް ސަލްމާންގެ ކޮއްކޮ އަރްޕިތާގެ ގެގައި ވަނީ ކުޑަ ޕާޓީއެއް ބާއްވައިފައިއެވެ.

މި ވަރަށް މަދު ބަޔަކާއި އެކުގައި ބާއްވައިފައިވާ ޕާޓީއެކެވެ. ޕާޓީގައި ބައިވެރި ވެފައިވަނީ ސަލްމާންގެ އާއިލާ މެމްބަރުންގެ އިތުރުން ވަރަށް ގާތް މީހުން އެކަންޏެވެ. މި ޕާޓީ ވަރަށް ދަންވަންދެއް ކުރިއަށް ދިއަ ކަމަށްވެއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މި ޕާޓީގައި އެންމެ ބޮޑަށް އަޅަިއގެން އެއް ކަމަކީ ސަލްމާން ގެ ވަރަށް ގާތް ތަހުމަތެއރިއެއް ކަމުގައިވާ ޝާހު އެޕާޓީއަށް ދިުމެވެ. ޝާހު ޕާޓީއަށް ދިއައީ މެދަމު 3 ޖެހި އިރުގައި ކަމަށްވއެވެ. ނަމަވެސް ދެމީޙުން ވަނީ މީޑީއާއަށް ފޮޓޯނެގުމުގެ ފުރުސަތުު ދީފައިއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ޝާހު އާއި ސަލްމާން އާއި ދެމެދުގައި ކުންޔެއް ޖެހިގެން ދެމީހުން ވާހަކަ ނުދައްކާ ގިނަ ދުވަސްތަކެއް ވަންދެއް ތިބުމަށްފަހު، ދެމީޙުންގެ މެދުގައި ޖެހުނު މައްސަލަތަށް ހައްލުވެ ކުރިއެކޭވެސް އެއްފަދަދައިން އެމީޙުން ގުޅުން އަންނަނީ ބަދަހި ވަމުންނެވެ. ދެމީޙުންގެ މެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް ނޭގުން ނަމަވެސް ދެމީޙުން ވަރަށް ދިގު މުއްދަތަކަށް ވާހަކަ ނުދައްކާ އުޅުން ކަމަށްވެސް ވެއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ކޮންމެ އަކަސް އެދެމެދުގެ ރަހުމަތެރިކަން މިހާރު ބަދަހިވެ ދެމީޙުން އަންނަނީ އެކަކު އަނެއްކަކަށް ވަރަށް ބޮޑަށް އެހީ ވަމުންނެވެ. ބޮލީވުޑް ވަރަށް ބޮޑަށް އަޑި އަޅާލައިފައިވާ މި ދަޑިވަޅުގައި އެކަކު އަނެއްކަކަށް އެހީވުމުގެ ގޮތުން އަންނަނީ ދެމީޙުންވެސް އެކަކު އަނެއްކެއްގެ ފިލްމްގައި ހާއްސަ ފެނިލުމަކަށް ތައްޔާރުވަމުންނެވެ.

 

View this post on Instagram

 

A post shared by Aamir Khan (@amirkhanactor_)

އެގޮތުން ޝާހުގެ ކުރިއަށް އޮތް ފިލްމް "ޕަޓާން"ގެ ހާއްސަ ފެނިލުމަކުން ސަލްމާން ފެނިގެންދާނެއެވެ. އަދި ހަމަ އަނެއްކޮޅުން އަންނަ އަހަރުގައި ސަލްމާން ހާންގެ ފިލްމްއަކުން ހާއްސަ ފެނިލުމަކުން ޝާހު ފެނިގެންދާނެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

ބޮލީވުޑްގެ ތިން ހާނުންގެ ގޮތުގައި މަޝްހޫރު އާމިރު ހާން އާއި ސަލްމާން ހާން އާއި ޝާހުރުކް ހާން އަކީ ވަރަށް ނުފޫޒު ގަދަ އެހާމެ ކާމިޔާޞު ތިން ހާނުންނެވެ. އަދި މި ތިންމީހުންގެ މެދުގައިވެސް ވަރަށް ހާއްސަ އެކުވެރިކަމެއް އޮވެއެވެ. ތިން ހާނުންވެސް މިހާރު އުމުން 50 އިން މަތިވެފައި ވާއިރުގައި އުމުރުގެ ގޮތުން ތިން މީހުންވެސް އެއްވަރެވެ. އެންމެ ދޮށީ އަމިރެވެ. ދެން ޝާހު އެވެ. އެއަށް ފަހު ސަލްމާންއެވެ.

ބޮލީވުޑްގެ އެންމެ ވަރުގަދަ ތިން ޚާނުންގެ ތެރެއިން ސަލްމާނަށް 57 އަހަރު ފުރުނު އިރު، ޝާހްރުކަށް 57 އަހަރު ފުރުނީ މިދިޔަ މަހުގެ 2 ގަ އެވެ. އަދި އާމިރު ޚާނަށް 57 އަހަރު ފުރުނީ މާޗް 14 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.