އަމީރަކަށްވިޔަސް، ޣަރީބަކަށްވިޔަސް ހުކުމް އިއްވުމާއިއެކު ރިޕޯޓް ދޫކުރަންޖެހޭ: ދިޔާނާ

އަމީރަކަށްވިޔަސް، ޣަރީބަކަށްވިޔަސް ހުކުމް އިއްވުމާއިއެކު ރިޕޯޓް ދޫކުރަންޖެހޭ: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
27 ޑިސެމްބަރ 2022 09:58
0

ޝަރީއަތުގެ ކުރިމަތީގައި ހުކުމް ކުރެވޭ މީހަކީ އަމީރަކަށް ވިޔަސް، ޣަރީބަކަށްވިޔަސް އެމީހެއްގެ މައްސަލައިގެ ހުކުމް ނިމޭ ވަގުތު ހުކުމުގެ ލިޔެކިޔުންތައް ހަވާލު ކުރުމަކީ ކޯޓުގެ މައްޗަށް ލާޒިމް ކަމެއްކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން ޖަލަށްލާން ކުރި ހުކުމުގެ ހުލާސާ ރިޕޯޓް ނުލިބިގެން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ރިޕޯޓް ކްރިމިނަލް ކޯޓުން 20 ގަޑިއިރު ފަހުން ދޫކުރުމާއި ގުޅިގެން ޤާނޫނީ ގޮތުން ހުރި ކަންބޮޑުވުން ފާޅުކޮށް ކުރެއްވި ޓުވީޓުގައެވެ.

ވ. އާރަށް މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމުގެ ހުލާސާ ރިޕޯޓް ނުލިބޭތީ ޔާމީންގެ ވަކީލުންނާއި އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ރިޕޯޓް އިއްޔެ މެންދުރުފަހު ހަވާލު ކޮށްފައިވާކަން ކޯޓުން ކަށަވަރުކޮށް ދިނެވެ.

މިކަމުގައި ކޯޓުން އަމަލުކޮށްފައިވާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށް ދިޔާނާ ވިދާޅުވީ ކޯޓުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާންޖެހޭ ކަމަށެވެ. އެއީ އަމީރަކަށް ވިޔަސް، އަދި ޢަރީބަޔަކަށް ވިޔަސް އެމީހަކާއިމެދު އަމަލު ކުރެވެން ޖެހޭނީ ގާނޫނީ ހުކޫމަތުގެ ތެރެއިންކަމަށެވެ. ކޯޓުން ހުކުމް ކޮށް ނިމުމާއިއެކު ރިޕޯޓް ދޫކުރުމަކީ ކޯޓުގެ މައްޗަށް ލާޒިމް ކަމަށްވާއިރު އެކަމުގައި ވަގުތު ދިގުދެމިގެން ދިއުމަކީ ހައްގު ހޯދުމަށް އިހުތިޖާޖް ކުރެވޭނެ ކަމެއްކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.

ހުކުމް އިއްވާ ހަމަ ނިމުމާއިއެކު ތި ރިޕޯޓް ދޫކުރަން ކޯޓުގެ މައްޗަށް ލާޒިމް. ކުހުމް ކުރަން ޖެހޭނީ ތިޔަ ހުރިހާ އިންތިޒާމެއް ކޮށްފަ. އަމީރަކަށް ވިޔަސް، ޣަރީބަކަށްވިޔަސް، ނުރުހޭ މީހަކުވިޔަސް، އެމީހަކާއިމެދު ޤާނޫނު ލާޒިމްކުރާ ގޮތުގެ މަތިން އަމަލު ކުރަން އަޑު އުފުލަންޖެހޭ.

– ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ވިދާޅުވިއެވެ.

މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހު، މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އިއްވެވީ 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށް ލުމަށާއި، ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ.

ޕީޕީއެމުން ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ޔާމީން ކަމުގައި ކަނޑައަޅައި، ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފައެވެ. ނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުން ގެންދާ މިހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިނުލެވޭނޭކަމަށް ގާނޫނު އަސާސީގައި އޮވެއެވެ. އެހެންވެ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމަށް މި ވަގުތަށް ވަނީ ފުރުސަތު ބަންދުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

0 007
މިކަމަނާވެސް އެބޭބެ ހިތްޕާވާ އެއްޗިހި ރަހަބައްލަވަނީތޯ؟