އަލުން ފިލްމް ކުޅެން ބޭނުން: އަނޫ އަގަރްވާލް

އަލުން ފިލްމް ކުޅެން ބޭނުން: އަނޫ އަގަރްވާލް

ގުޅުންހުރި

1990 ވަނަ އހަރުގެ ކާމިޔާބު ފިލްމް "އާޝިގީ" އިން އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ބަތަލާ އަނޫ އަގަރްވާލް، އަލުން ފިލްމުތަކުގައި މަސައްކަތްކުރަން ބޭނުންވާކަމަށް ބުނެފިއެވެ.

1996 ވަނަ އަހަރުގެ ފިލްމް " ރިޓާން އޮފް ޖްވެލް ތީފް" އަށް ފަހުން އިންޑަސްޓަރީން އަނޫ ވަނީ ގެއްލިފައިއެވެ. އޭނާ އެނބުރި އައި އިރުގައި "އާޝިގީ" ގައި ފެނިގެންދިއަ އަނޫ އާއި ވަރަށް ބޮޑަށް ތަފާތެވެ. މުޅި މިހާ ހުރި ބަދަލުވެފައިއެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި ރީތިވުމަށް ސާޖަރީ ހެދުމުގެ ސަބުން އޭނާގެ ސިފަ ގެއްލުނީއެވެ.

މިހާރު އުމުރުން 53 އަހަރުގެ ބަތަލާ ބުނީ ބޮލީވުޑްގެ ބައެއް މީހުންނާއި ހެޔޮއެދޭ ވަރަށް ގިނަ ބަޔަކު ވެސް އޭނަ އަލުން އެކްޓިން އަށް ނުކުންނަން އެދޭ ކަމަށެވެ. އަދި އެކްޓްކުރުމަކީ ވަރަށް ކުރާހިތްވާ އަދި ހިތްހަމަ ޖެހޭ ކަމެއްކަމަށް އޭނާ ވަނީ ބުނެފައިއެވެ.

"އާޝިގީ" 1990 ގައ ގެނެސްދިން ޓީމުން އޭގެ ދެވަނަ ބައި 2013 ގައި މުޅިން ތަފާތު ކާސްޓަކާ އެކު ވަނީ ގެނެސްދީފައިއެވެ. އެފިލްމް އަކީ ވެސް ވަރަށް ކާމިޔާބު ފިލްމް އެކެވެ. ހާއްސަކޮށް ފުރަތަމަ ފިލްމްއެކޭ އެއްފަދައިން ދެވަނަ ފިލްމްގެ ލަވަތަށް ވަރަށް ވެސް މަގުބޫލެއެވެ.

އަދި ހަމަ އެހެންމެ އެޓީމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ  "އާޝިގީ 3″ ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމުން ފުރުސަތެއް ލިބިއްޖެ ނަމަ ގަބޫލުކުރާނަންތޯ އެހުމުން އަނޫ ބުނީ އޭނަ އަކީ އޮރިޖިނަލްގެ ބަތަލާކަމުން ތިން ވަނަ ބައި އިން ފުރުސަތެއް ލިބިއްޖެ ނަމަ ގަބޫލުކުރާނެ ކަމަށެވެ.

އަނޫރާގް ބާސޫ ޑައިރެކްޓްކުރާ ގޮތަށް އިއުލާންކުރި "އާޝިގީ 3″ ގެ ބަތަލަކީ ކާތިކް އާރިޔަނެވެ.މިހާރު އިއުލާން ކޯށްފައިވާ ފިލްމް އިން ފެނިގެންދާނީ މުޅިން އައު ބަތަލާއެއް ކަމަށް ޕްރޮޑިއުސަރު މުކޭޝް ބަޓް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

އަނޫ ބުނި ގޮތުގައި އަލުން އެކްޓިން އަށް ނުކުތުމުގެ ޝައުގުވެރިކަން އޮތުމުން އޭނަ އަށް ހުށަހެޅުންތައް ލިބޭ ނަމަ ހިތްހަމަޖެހޭ އެއްޗިއްސަށް އެއްބަސްވާނެ އެވެ. "އާޝިގީ" އިން އަނޫ ވަރަށް ވިދި ނަމަވެސް އޭނަގެ ފިލްމީ ކެރިއަރު އެހާ ކާމިޔާބެއް ނޫނެވެ. އަދި މާ ގިނަ ފިލްމުތަކެއް ވެސް ކުޅެފައެއް ނުވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ