މާފަންނުގެ ބައެއް ހިސާބުތަކުން މަދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާފަންނުގެ ބައެއް ހިސާބުތަކުން މަދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Author
ޢަލީ އާދަމް
23 ޑިސެމްބަރ 2022 07:49
0

މާފަންނުގެ ބައެއް ހިސާބުތަކުން މަދަމާ ކަރަންޓު ކެނޑިދާނެކަމށް ސްޓެލްކޯއިން ބުނެފިއެވެ.

ކަރަންޓު ކަނޑާލަނީ ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން މާފަންނުގެ ގުލްހަޒާރު ގޯޅިއާއި، ނަސީމީ ހިނގުން، އަދި އުނިގަސް މަގާއި، ދަކަދާ މަގު ހިމެނޭ ސަރަހައްދުން މާދަމާ، މެންދުރު 2:00އިން 4:00 އަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާކަމެއަކަމަށް ސްޓެލްކޯއިން ބުނެއެވެ.

މާލޭގެ ކަންޓު ވިއުގައިގެ އެކިއެކި މަސައްކަތްތައް ކުރުމަށް ދޭތެރެދޭތެރެއިން މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓިު ކަނޑައެވެ. މިފަދަ ޙާލަތްތަކުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށްތަކައި މަޢާފަށް އެދޭކަމަށް ސްޓެލްކޯއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.