ބޯޓެއްގެ މައްސަލާގައި ކައިޒީން ބައްޕަ ގޮވައިގެން ކޯޓަށް

ބޯޓެއްގެ މައްސަލާގައި ކައިޒީން ބައްޕަ ގޮވައިގެން ކޯޓަށް

ގުޅުންހުރި

ރާއްޖޭގެ މަޝްހޫރު މޮޑެލް ކުރުންތެރިޔާ ކައިޒީން (ޅ. ހިންނަވަރު ފާތިމަތު ޒަޔާން) ބޯޓެއްގެ މައްސަލާގައި އޭނާގެ ބައްޕަ ގޮވައިގެން ކޯޓަށް ހިގައްޖެއެވެ.

ބައްޕައާއި ދެކޮޅަށް ކައިޒީން ދައުވާ ކޮށްފައިވަނީ 3.6 މިލިއަން ރުފިޔާ އޭނާގެ ބައްޕައާއި ހަވާލުކޮށްގެން ގަތް ބޯޓު ބައްޕަގެ ނަމަށް ރަޖިސްޓްރީ ކުރުމާއި ގުޅިގެންނެވެ. ކައިޒީން ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މިބޯޓުގެ ރަޖިސްޓްރީ ބައްޕަގެ ނަމުން އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.

ކޯޓަށް ކައިޒީން ހުށަހެޅި މައްސަލާގެ ދައުވާގައި ބުނެފައިވަނީ ”މިހިރީ ނަންބަރު 5“ ނަމަކަށް ކިޔާ ބޯޓު އޭނާގެ ބައްޕަ އިބްރާހިމް އަލީފުޅު އޭނާގެ އަމިއްލަ ނަމަށް ރަޖިސްޓްރީ ކޮށްފައިވަނީ ކައިޒީންގެ ހުއްދައާ ނުލާ ކަމުގައެވެ.

ކައިޒީންގެ ހުށަހެޅި މައްސަލައާއި ގުޅިގެން ކޯޓުންވަނީ ވަގުތީ އެމުރެއްވެސް ނެރެފައެވެ. ކޯޓުން ނެރުނު ވަގުތީ އަމުރުގައިވަނީ، ކޯޓުން މިމައްސަލަ ނިމެންދެން ބޯޓު އެއްވެސް ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި އަދި ބޯޓުގެ މިލްކުވެރިކަންވެސް އެއްވެސް ފަރާތަކަށް ބަދަލު ނުކުރުމަށެވެ.

އަދި މީގެ އިތުރުން ކޯޓުން މައްސަލާގައި ވަކި ގޮތަކަށް ފައިސަލާ ކުރުމުގެ ކުރިން ބޯޓުގެ ރަޖިސްޓްރީއާއި ގުޅޭ އެއްވެސް ނިންމުމެއް ނުނިންމުމަށް ކޯޓުންވަނީ ޓްރާންސްޕޯޓު މިނިސްޓްރީއަށްވެސް އަމުރު ކޮށްފައެވެ.

މައްސަލައާއި ގުޅޭގޮތުން ކޯޓުގައި ވަކާލާތު ކުރަމުން ކައިޒީންގެ ބައްޕަ ބުނެފައިވަނީ ބޯޓު ގަތުމަށް ކޮށްފައިވާ އެއްބަސްވުމުންވެސް، ބޯޓު ގަތް ފަރާތަކީ އޭނާ (އަލިފުޅު)ކަން އެގެން އޮންނާނެ ކަމަށެވެ. އިތުރަށް އޭނާ ބުނެފައިވަނީ އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ދަރީންގެ މުދަލަކީ މައިންބަފައިގެން މުދާ ކަމަށާއި، ދަރީންގެ މުދާ މައިންބަފައިން ބޭނުން ކޮށްގެން ކޯޓުގައި ދާއުވާ ނުކުރެވޭނެ ކަމުގައެވެ.

އެހެންކަމުން ކޯޓުގައި ކައިޒީން ކޮށްފައިވާ ދައުވާގެ ސަބަބުން އޭނާއަށް (ކައިޒީންގެ ބައްޕަ އަލިފުޅަށް) އުފުލާންޖެހިފައިވަނީ އިތުރު ތަކުލީފުތަކެއް ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ބަލަ ބައްޕަވިޔަސް ތިވަރުގެ ދޯކާއެއް ދީގެން ނުވާނެ ޒަޔާންގެ އަމިއްލަ ލާރިން ގަނެފައިވާނަމަ ބައްޕަގެ ނަމުގައި ރަޖިސްޓަރީ ކޮއްފައި ހުއްޓާ ބައްޕަ ދުނިޔެއިން ވަކިވެގެންދާ ދުވަހަކުން ބައްޕަގެ ހުރިހާދަރިންގެ މެދުގައި އެމުދާގަނޑު ބަހާލީމައި ޒަޔާން އަން އޮތީ ކޮން ފައިދާއެއް

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ