މަޝްހޫރު ކާޓޫން ފްރެންޗައިޒް "ބާބީ"ގެ ގެ ފުރަތަމަ ޓީޒާ އާންމުކޮށްފިއެވެ.
އެއާއި އެކުގައި ބެލުން ތެރިން މި ފިލްމަށް ކުރާ އުންމީދުތަށް ވަނީ އެތަށް ތަނެއް އިތުރުވެގެން ގޮސްފައިއެވެ.
މަޝްހޫރު އެކްޓަރު މާގޯ ރޮބީ ލީޑުން ފެންނަ ބާބީގެ ފުރަތަމަ ޓީޒާ ދައްކައިލައިފައިވާއިރުގައި މި ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 21 ގައެވެ. އެމެރިކާގެ ކުންފުނި، މެޓެލްގެ ބާބީގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސްދެނީ ޑައިރެކްޓަރު ގްރެޓާ ގާވިޖްއެވެ.
#BarbieTheMovie, from director Greta Gerwig, only in theatres Summer 2023✨ pic.twitter.com/P0ysMOpE83
— Warner Bros. Pictures (@wbpictures) December 16, 2022
"ބާބީ" އިން ބޮޑު ކާސްޓެއް ހިމެނޭއިރު، އޭގެ ތެރޭގައި މަޝްހޫރު އޭ-ލިސްޓް ތަރިންތަކެއްވެސް ހިމެނެއެވެ. އެގޮތުން ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ރަޔަން ގޮޒްލިން، ވިލް ފެރެލް، ކޭޓް މެކިނަން، އެމެރިކާ ފެރޭރާ، އެމާ މެކީ އަދި މައިކަލް ޝީރާ ހިމެނެއެވެ.