ފްރާންސް ޓީމާއިއެކު ތިބިކަން ރައްޔިތުން ހާމަކޮށްދީފި

ފްރާންސް ޓީމާއިއެކު ތިބިކަން ރައްޔިތުން ހާމަކޮށްދީފި

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ލިބުނު ހިތްދަތި ނަތީޖާ އަށް ފަހު ފްރާންސް ޤަައުމީ ޓީމު އެނބުރި ޤައުމަށް ގޮސްފިއެވެ.

ފްރާންސްގެ ވެރި ރަށް ޕެރިސްގައި ހުންނަ ޗާލްސް ޑީ ގައުލް އިންޓަނޭޝަނަލް އެއާޕޯޓުން ކުޅުންތެރިންނަށް މަރުޙަބާ ކިޔުމަށް އެ ޤައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއްވެފައެވެ. ކުޅުންތެރިން ދަތުރު ކުރި ބޯޓުން ފޭބުމާއެކު، އެ ޤައުމުގެ ބައެއް އިސް ފަރާތްތަކުގެ އިތުރުން އާންމު އެއާޕޯޓު މުވައްޒަފުން ވެސް ވަނީ ޓީމަށް މަރުހަބާ ކިޔައި، ހިތްވަރު ދީފައެވެ.

އެތަނުން ވާހަކަދެއްކި އާންމު ރައްޔިތަކު ބުނީ ފައިނަލުން ބަލިވުމަކީ ވެސް ކޮންމެ ސަޕޯޓަރަކަށް ވެސް ލިބޭނެ ދެރައެއް ކަމަށެވެ. އެއަށްވުރެ ކުޅުންތެރިންނަށް ލިބޭނެ ދެރަ ބޮޑުކަން ފާހަގަކުރަމުން އޭނާ ބުނީ، މިވަގުތުގައި ޓީމަށް ހިތްވަރު ދިނުމަށް ތިބީ ވެސް ސަޕޯޓަރުން ކަމަށެވެ.

ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފްރާންސް، މިއަހަރުގެ މުބާރާތުގެ ފައިނަލްގައި ބަލިވީ ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އަތުންނެވެ. ފައިނަލަށް ފަހު ފްރާންސް ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުން އެނބުރި ޤައުމަށް ގޮސްފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *