އިމްރާނަށް އިތުބާރު އޮތްކަމަށް މަޖިލީހުން ފާސްކޮށްފި

އިމްރާނަށް އިތުބާރު އޮތްކަމަށް މަޖިލީހުން ފާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2020 01:32
0

ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރި މައްސަލާއި އިދިކޮޅުން ހުށަހެޅި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މަޖިލީހުން އިމްރާންގެ މައްސަލަ ބޭރުކޮށްލާފައިވަނީ 53 އިމްރާނަށް އިތުބާރު އޮތްކަމަށް މެމްބަރުންގެ ވޯޓާއިއެކުގައެވެ. އިމްރާންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ވޯޓު ދެއްވާފައިވަނީ 11 މެމްބަރުންނެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ. އަދި މޭޑޭގެ މުޒާހަރާގައި ރިޟުވާންގެ މަރާއި ގުޅޭގޮތުން އިމްރާން ދެއްކި ވާހަތަކާއި ގުޅިންނެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއިއެކުގައެވެ. މަޖިލީހަށް އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން ވައްދާފައިވަނީ މިނިވަން ދެ މެމްބަރުންގެ ގޮތުގައި ތިއްބެވި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމްއާއި، ވިލިމާލެ ދާއިރާގެ މެމްބަރުން އަހުމަދު އުޝާމްގެ ސޮޔާއިއެކު 11 މެމްބަރުންގެ ސޮޔާއިއެކުގައެވެ.

އެމައްސަލައަށް ޖަވާބުދާރިވުމަށް މަޖިލީހުގެ ތަޅުމުގައި ދެއްވި 10 މިނެޓްގެ ފުރުޞަތުގައި ޖަވާބުދެއްވަމުން އިމްރާން ޢަބްދުﷲ ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލަ ހުށައއަޅުއްވާފައިވަނީ ބަހަނާއެއްގެ ގޮތުގައެވެ. އެއީ ނުވާކަމެއް ކުރަހައިގެން ސިޔާސީ މަސްރަޙް ހަލަބޮލިކުރުމަށް ކުރައްވާފައިވާކަމެއްކަމަށާއި، އެއީ ސަރުކާރުގެ 2 އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީގެ ސަބަބުން ހުށައެޅުއްވި މައްސަލައެއްކަމަށެވެ.

ޢިމްރާން ވިދާޅުވީ، ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރިއެއްގައި ހިނގިކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލއާއި ގުޅިގެން ހުށައެޅި މައްސަލައަކީ ފުލުހުންނަށް ހުށައެޅުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މީޑިއާއިން ރިޕޯތްކުރިގޮތުން މައްސަލަ އޮޅުން އަރައިގެން ދިޔަކަމެއްކަމަށެވެ. އެއީ ސިޔާސީ ބަޔަކު މުޅި މައްސަލަ އޮޅުވާކުމަށް ކުރިކަމެއްކަމަށާއި، އެއީ ސިޔާސީ ބޭނުމެއްގައި ސިޔާސީ ބަޔަކު އަޑިގައި ތިބެގެން މަޢުލޫމާތު އޮޅޭގޮތަށް ހިންގާފައިވާ ކަމެއްކަަމަށް އިމްރާން ވިދާލުވިއެވެ. އިމްރާން ވަނީ އެމައްސަލާގައި ދެއްކެވި ވާހަކަފުޅުތައް އޮޅުންއަރާފައިވާނަމަ މަޢާފަށް އެދޭކަމަށް ތަކުރާރުކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.