ރައީސް ޞާލިޙުގެ ކެމްޕެއިން ބައްދަލުވުމުގައި، އިންތިޚާބުކޮމިޓީގެ މެމްބަރުން ތިބުމުން، ވައްޑެ ނުރުހުން ފާޅުކޮށްފި

ރައީސް ޞާލިޙުގެ ކެމްޕެއިން ބައްދަލުވުމުގައި، އިންތިޚާބުކޮމިޓީގެ މެމްބަރުން ތިބުމުން، ވައްޑެ ނުރުހުން ފާޅުކޮށްފި

ގުޅުންހުރި

ވާދަވެރިކަންބޮޑު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އެޕާޓީގެ އިންތިޚާބު ކޮމިޓީގެ ބައެއް މެމްބަރުން ތިބުމުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ) ނުރުހުން ފާޅުކޮށްފިއެވެ.

ރައީސް ޞާލިޙުގެ ބައްދަލުވުމުގެ ފޮޓޯއެއް ހިއްސާކުރައްވައި ކުރެއްވި ޓްވީޓެއްގައި ވައްޑެ ވަނީ އެމްޑީޕީގެ އިންތިޚާބު ކޮމިޓީގެ މެމްބަރުންނަށްވެސް އަންގާ އަމުރުކޮށްގެން ކެމްޕޭނު ބައްދަލުވުމަށް މިތިބީ ނެރެފައިތޯ ސުވާލުކުރައްވާފައެވެ. އެފޮޓޯގައިވަނީ އިންތިޚާބު ކޮމިޓީގެ މެމްބަރުން ބޮޑުއަޅައި ފާހަގަކޮށްފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި، އެމްޑީޕީގެ އެންމެ އިސްލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ރޭ ބައްދަލު ކުރައްވާފައެވެ.

މިބައްދަލުވުން އޮތީ އޮތީ އެމަނިކުފާނުގެ ކެމްޕެއިން މައި އޮފީސްކަމަށް ކަނޑައަޅާފައިވާ ސޯލްޓްކެފޭގައެވެ. މިބައްދަލުވުމުގައި އެމްޑީޕީގެ ވަޒީރުންގެ ތެރެއިން ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނާއި، އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއި، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ގިނަ އަދަދެއްގެ ގައުމީ މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރައީސް ބައްދަލު ކުރައްވަމުން ގެންދަވާއިރު، މަގްސަދަކީ ޖެނުއަރީ 28، ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ގެންދާނެ ގޮތާމެދު މަޝްވަރާ ކުރުމެވެ.

ރައީސް ސޯލިހާއި އެމަނިކުފާނާއެކު ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޖުމްލަަ 167 މެމްބަރުން ތިބޭއިރު އޭގެ ތެރެެއިން 100 އަށް ވުރެ ގިނަ މެމްބަރުން ސޯލްޓުގެ ބައްދަލުވުމުގައި އެބަ ބައިވެރިވެއެވެ.

އެމްޑީޕީގެ ޕްރައިމަރީ އިިއްޔެ އިއުލާނުކޮށްފައިވާއިރު ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި މައްސަލަތަކެއް އުޅޭ ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފައެވެ. އަދި ޕާޓީގެ ދަފްތަރުގައި މައްސަލަތަކެއް އުޅެނިކޮށް ބާއްވާ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެކަމަކު އެމްޑީޕީން މިއަދު ބުނީ ޕާޓީގެ ދަފްތަރު ސައްހަ ކަމަށާއި އޮޅުންބޮޅުންގަނޑެއްގައި އޮއްވާ ދަފްތަރު ރަނގަޅު ކުރީ އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރަން ކަމަށެވެ.

އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން، އެބޭފުޅަކަށް ތާއީދު ކުރާ 500 މެމްބަރުންގެ ތާއީދާއީއެކު މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ހުށައެޅަންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ