"ދި އާޗީސް" ގެ ޝޫޓިން ނިންމައިފި

"ދި އާޗީސް" ގެ ޝޫޓިން ނިންމައިފި

Author
ފާތިމަތު ނާވީ
20 ޑިސެމްބަރ 2022 08:28
0

ސްޓާ ކިޑުންތަކެއް ބޮލީވުޑް އަށް ތައާރަފްވާ ފިލްމް "ދަ އާޗީސް" ގެ ޝޫޓިން ނިންމައިލައިފިއެވެ. ޑައިރެކްޓަރު ޒޯޔާ އަހްތަރު މިފިލްްމް އިއުލާން ކުރީ މިދިއަ އަހަރުގެ ފަހުކޮޅުގައިއެވެ.

މި ފިލްމް އިން ޝާހުރުކް ހާންގެ ދޮށީ އަންހެން ދަރިފުޅު ސުހާނާ ހާންއާއި، ބަތަލާ ސްރީދޭވީ އަދި ޖާންވީ ކަޕޫރު ގެ ކޮއްކޮ ހުޝީ ކަޕޫރުގެ އިތުރުން އަމިތާބް ބަަޗަން ގެ ކާފަދަރިފުޅޫ އަގަސްތިޔާ ނަންދާ ބޮލީވުޑްއަށް ތައާރަފް ވާނެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޝޫޓިން ފެށި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމައިލި ވާހަކަ ނެޓްފްލިކްސް އިންޑިއާ އިން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކަކާ އެކު ހިއްސާކޮށްފައިވެ އެވެ. "ދި އާޗީސް" އަކީ ހުޅަނގުގެ ކޮމިކް ވާހަކަ އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.

ޒޯޔާގެ ފިލްމު ކުންފުނި ޓައިގަ ބޭބީ އާއި ނެޓްފްލިކްސްއާ ގުޅިގެން ހަދާ "ދި އާޗީސް" އަންނަ އަހަރު ގެނެސްދޭން ނިންމި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. ޒޯޔާ އެންމެ ފަހުން ގެނެސްދިނީ 2019 ގެ ފިލްމް "ގަލީ ބޯއި" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.