އެމްޑީޕީ ހަރުގެ ޖަލްސާތައް ފަށަން މޫސަ ތައްޔާރުވެއްޖެ

އެމްޑީޕީ ހަރުގެ ޖަލްސާތައް ފަށަން މޫސަ ތައްޔާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2022 07:45
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް އެމްޑީޕީގެ ހަރުގެ ޖަލްސާތައް ފެށުމަށް އެޕާޓީގެ ދާދިފަހުން ގުޅިވަޑައިގެންނެވި ކުރީގެ ޗެއާޕާސަން މޫސާ މަނިކު ތައްޔާރު ވެއްޖެއެވެ.

މޫސަ އެމްޑީޕީގެ ހަރުގޭގައި ޖަލްސާތައް ފެށުމަށް ތައްޔާރުވަމުންދާއިރު، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބަށްފަހުވެސް އަދި އޭގެ ކުރިންވެސް ހަރުގޭގެ ބޭނުން މާބޮޑަށް ކުރާތަން ނުފެނެއެވެ. ޚާއްސަކޮށް މިވެރިކަން ފެށުނުފަހުން އެމްޑީޕީ ހަރުގެ ފެނިގެންދަނީ ބަންދު ކޮށްފައި ހުންނަ ތަނެއްގަ ގޮތުގައެވެ. މާބޮޑު ފޯރިއެއް ނެތްތަނެއްގެ ގޮތުގައި އެމްޑީޕީ ހަރުގެ ވަނީ ވެފައެވެ.

ނަމަވެސް ހަރުގޭގައި ޖަލްސާތައް ފެށުމަށް މަސައްކަތް ކުރާކަން ހާމަކޮށް މޫސަ ވިދާޅުވީ މިއީ ގިނަ ބައެއްގެ ފާޑުކިޔުން އޮތް މޭކަރާނެ ކަމެއްކަން އެނގޭކަމަށް ނަމަވެސް މިކަން ކާމިޔާބު ކުރާނެކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ އެންމެ ބޮޑު ހިޔަލަކީ އެމްޑީޕީގެ ހަރުގެ ކަމަށްވާއިރު އެމްޑީޕީގެ ހަރުގެ އަލުން ކުރީގެ އޮތް ފޯރިއާއި ޖޫޝު ގެނުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ބަންދުކޮށްފައިވާ އެމްޑީޕީގެ ހަރުގޭގެ ބޭރުގައި ނަގާފައިވާ ފޮޓޯއަކާއިއެކު މޫސަ ކުރި ޓުވީޓުގައި ވިދާޅުވިއެވެ.

ޕާޓީ ހަރުގެއިން ލިބޭކާމިޔާބީ ހަނދާންނައްތާލީމަ އެއްބައިވަންތަކަން ގެއްލި ޕާޓީ ބަލިކަށިވާނެ. މުސްކުޅިން ބުނަނީ ސަލާންޖަހާ ނާށިގަނޑު އެއްލާނުލައްޗޭ! MDP ހަރުގެއަށްވުރެ ޚިދްމަތްތެރި ހިޔަލެއް މިޕާޓީީ އަކަށްނެތް.

– މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ހަރުގޭގެ ޖަލްސާތައް ފެށުމަށް ތައްޔާރުވަމުންދާއިރު، ކުރިއަށް އޮތީ އެމްޑީޕީގެ ޓިކެޓްގައި ރައީސްކަމަށް ވާދަކުރާގެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރެވެ. މިއިންތިޚާބުގައި ވާދަކުރާނެކަމަށް ބެލެވެނީ ރައީސް ނަޝީދާއި، ރައީސް ޞާލިހެވެ. އިންތިޚާބުގެ ކެމްޕެއިންގެ މަސައްކަތް ރައީސް ޞާލިހުގެ ފަޅިންނާއި، ރައީސް ނަޝީގެ ފަޅިންވެސް ކޮންމެވެސް ވަރަކަށް ކުރަމުންދާއިރު، މިއީ ވާދަވެރި އިންތިޚާބަކަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އެމްޑީޕީގެ ހަރުގޭގެ ހަރަކާތްތައް ފަށާއިރު، ވެރިކަމުގައި މިވީ ހަތަރު އަހަރަކީ އެމްޑީޕީގެ ތާރީހުގައިވެސް އެޕާޓީގެ ހަރަކާތްތައް އެންމެ ބޮޑަށް މަދުން ފެނިގެންދިޔަ ހަތަރު އަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮޑުތަކުރުފާނުހަވިއްތަ
ރީކޯ މޫސަ ޔަކީ ކާކު އެމްޑީޕީ ތެރެޔައް ގެޅިގަނެގެންމިތެޅެނީ