މެސީއަށް ރެކޯޑް ހައްގު، ރެކޯޑު މުގުރާލުމުން އުފާކުރަން: ބަޓިސްޓޫޓާ

މެސީއަށް ރެކޯޑް ހައްގު، ރެކޯޑު މުގުރާލުމުން އުފާކުރަން: ބަޓިސްޓޫޓާ

ގުޅުންހުރި

އާޖެންޓީނާގެ ޤައުމީ ޓީމުގައި ބަޓީސްޓޫޓާ ހަދާފައިވާ ރެކޯޑު ކެޕްޓަން ލިއޮނަލް މެސީ މުގުރާލުމުން އެކަމާ އުފާވާ ކަމަށް އޭނާ ބުނެފިއެވެ.

އެންމެ ފަހުން ސެމީ ފައިނަލްގައި ކްރޮއޭޝިއާ އާއި ބައްދަލު ކުރި މެޗުގައި މެސީ ކާމިޔާބުކުރި ޕެނެލްޓީއާއި އެކު ވޯލްޑް ކަޕްގައި މެސީ ޖަހާފައިވާ ގޯލުގެ އަދަދު ވަނީ 11 އަށް އަރާފައެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އުމުރުން 53 އަހަރުގެ ބަޓީސްޓޫޓާ ބުނީ މެސީ އެ ރެކޯޑު މުގުރާލުމުން އޭނާ ދެރަ ނުވާ ކަމަށާއި، އަދި އޭނާއަށް ގެއްލޭނެ އެއްޗެއް ވެސް ނެތް ކަމަށެވެ. މީގެ އިތުރުން ބަޓީސްޓޫޓާ ބުނީ މެސީ އެ ރެކޯޑު މުގުރާލުމާއެކު އޭނާ ވެސް އެކަމުގެ އުފާ ހިއްސާ ކުރި ކަމަށެވެ. އޭނާ ބުނީ މެސީ އަށް ރެކޯޑު ވެސް އަދި ވޯލްޑް ކަޕް ވެސް ހައްގު ކަމަށާ އެއް ކުޅުންތެރިޔަކަށް އެކަން ވާނަމަ އެއީ މެސީ ކަމަށެވެ. އޭނާ ބުނީ މެސީ އަކީ އޭލިއަނެއް ނޫން ކަަމަށާއި، އެއީ ވެސް އިންސާނެއް ކަމަށެވެ.

މެސީ އަހަރެންގެ ރެކޯޑް މުގުރާލުމަކުން އަހަރެން އެއްވެސް ވަރަކަށް ދެރައެއް ނުވޭ. އަހަރެންގެ އަތުގައި އެ ރެކޯޑް އޮތްހާ ދުވަހު އަހަރެން އެކަމާ އުފާ ކުރިން. މެސީއަށް މި ރެކޯޑް ހައްގު. އެއްވެސް މީހަކަށް އެހިސާބަށް ދެވެންޖެހޭނަމަ، އެއީ މެސީ.

– ބަޓިސްޓޫޓާ އާޖެންޓީނާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވެއެވެ.

ބަޓީސްޓޫޓާ ބުނީ މި ވޯލްޑް ކަޕްގައި މެސީ އަންނަނީ ތަފާތު މޮޅަށް ކުޅެމުން ކަމަށެވެ. އޭނާ ބުނީ މެސީ ކުޅެމުން އަންނައިރު ހީވަނީ މެސީގެ 20 އަހަރުގައި ކުޅެމުން އަންނަހެން ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕްގެ ކުރިން ވެސް މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެންނާނެ ކަމަށެ އުއްމީދު ކުރިކަމަށެވެ. ބަޓީސްޓޫޓާ ބުނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ބަލިކޮށް، ތަށި އުފުލާލެވޭނެ ފެންވަރު އާޖެންޓީނާ ޓީމުގައި އެބަހުރި ކަމަށާ މިހާރު އޮތް މާހައުލުގައި މެސީ އަށް އެކަން ކުރެވޭނެ ކަމަށެވެ.

ބަޓިސްޓޫޓާ ވަނީ އޭނާގެ ކެރިއަރުގައި ކުޅުނު ތިން ވޯލްޑްކަޕްގައި އާޖެންޓީނާއަށް 10 ގޯލު ކާމިޔާބު ކޮށްދީފައެވެ. އެއީ 1994، 1998، އަދި 2002 ވަނަ އަހަރުއެވެ. ބަޓިސްޓޫޓާ އިތުރަށް ބުނެފައިވަނީ އޭނާ ހީކުރި ވަރަށްވުރެވެސް މޮޅު ކުޅުމެއް މި މުބާރާތުގައި މެސީ ދައްކަމުން އަންނަ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ