މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރާއި ގުޅޭގޮތުން ވެރިކަމުގެ ހަތަރު އަހަރު ފަހުން ކޮމިޝަނުން ދެއްކީ ހުސް ހޮޅި ވާހަތަކެއް ކަމަށާއި، މި މަރުގެ ހަގީގަތް އޮޅުވާލާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.
މެމްބަރު ޝިޔާން މިހެން ވިދާޅުވީ ރިޟުވާންގެ މަރާއި ގުޅޭގޮތުން މިދިޔަ ބްރާސްފަތި ދުވަހު މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުން މިމަރާއި ގުޅޭގޮތުން ދެއްކި ސިޔާސީ ވާހަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މެމްބަރު ޝިޔާން ވިދާޅުވީ ގެއްލަފައިވާ މީހުންނާއި، މަރާލެވިފައިވާ މީހުންގެ ހަގީގަތް ދެނެގަތުމަށް އުފެއްދި ކޮމިޝަނުން ވެރިކަމުގެ ހަތަރު އަހަރު ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކީ ހުސް ހޮޅިވާހަކަ ކަމަށެވެ. މިކަމުގައި ކޮމިޝަނުން ވަނީ ހަގީގަތް އޮޅުވާލާފައި ކަމަށާއި، މިފަދަ މަރުތައް ސިޔާސީ ކޮށްލުމުން އޭގެ ނަތީޖާ ގޯސްވެފައިވާކަމަށް މެމްބަރު ޝިޔާން ވިދާޅުވިއެވެ.
ރިޞުވާންގެ މަރާއި ގުޅިގެން 4 އަހަރު ފަހުން މަރު ކޮމިޝަނުން ދެއްކީ ހޮޅި ވާހަކަ. އަސްލުވަނީ އޮޅުުވާލާފަ ކަމަށް ގަބޫލުކުރެވޭ. މިމައްސަލަ ސިޔާސީ ނުކުރޭ. ހާދަ ދެރައޭ. ހާދަ ދެރައޭ.
– މެމްބަރު ޝިޔާން ވިދާޅުވިއެވެ.
އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމަށް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަނުން ބުނީ މިމަރުގައި ޝާމިލުވާ މީހުންގެ ތެރެއިން މުނާޒް ހިމެނެނީ ރިލްވާންގެ މަރަށް ފަހު ސީރިއާއަށް ފުރި މީހުންގެ ތެރޭގައި ކަމަށެވެ. ރާއްޖެ އިން ފުރުމުގެ ކުރިން އޭނާ ޔާމީންއާ ބައްދަލުކުރި ކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާ ކަމަށެވެ.
ކޮމިޝަނުން ބުނި ގޮތުގައި މުނާޒް ވަނީ ރިލްވާން މަރާލި ގޮތާއި އެކަމުގައި ބައިވެރިވި މީހުން އެ ބައްދަލުވުމުގައި ޔާމީނަށް ކިޔައިދީފަ އެވެ. އޭގެ ފަހުން އޭނާ ފުރީ ޔާމީންގެ އެހީތެރިކަމާ އެކުގައި ކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. ކޮމިޝަނުން ވަނީ ރިލްވާނަށް ވީގޮތް ނުހޯދެނީސް، ޔާމީންގެ ކެމްޕޭން ޖަލްސާއެއްގައި އޭނާ މަރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި ކަން ވެސް ފާހަގަކޮށްފައެވެ.
މީގެ އިތުރުންވެސް އެރުގެ ސިޔާސީ ވެރިންނާއި، އެކި މަޤާމުތައް ފުރުއްވި ސިޔާސީ ބޭފުޅުންނާއި މިމަރާއި ގުޅުވައިގެން ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ވަނީ ވާހަކަ ދައްކާފައެވެ.
One Response
މަރުކޮމިޝަންމަރުވީމާާ ދެއްދެއްދެއްކޭނީވެސްް ހޮޅިވާހަކަަ އެއީީ ދައުލަތުންް ރައްޔިތުންނައްް ޙައްގުހޯދާދިނުމުގެެ ބަދަލުގަަ ރިޔާސީކެމްޕޭންް ޖަގަހައެއްް އުފެއްދީމާާ ވާނެހައެތިި ތިފެންނަނީ