މަޖިލީހުގައި ޤުރުއާނުގެ އާޔަތްތައް ވިދާޅުނުވުމަށް މަޖިލިސް ރައީސް އެދިވަޑައިގެންފި

މަޖިލީހުގައި ޤުރުއާނުގެ އާޔަތްތައް ވިދާޅުނުވުމަށް މަޖިލިސް ރައީސް އެދިވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2020 10:44
0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ވާހަކަފުޅު ދައްކަވާއިރު ޤުރުއާނުގެ އާޔަތްތަކާއި، އޭގެ މާނަ ވިދާޅުނުވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ޖަލްސާގައި ބުހުސް ކުރެވެމުންދާ ހޯމް މިނިސްޓްރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަދައްކަވަމުން ކީރިތިގުރުއާން ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން މަޖިލިސް ރައީސް ވަނީ ސަލީމް ހުއްޓުވައި މަޖިލީހުގައި ޤުރުއާންނުގެ އާޔަތް ވިދާޅުވެ މާނަ ނުކިޔުމަށް އެދިވަޑައިގެންފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ މިގޮތަށް މިކަން ކުރަންޖެހެނީ އެމަނިކުފާނަކީ ޤުރުއާން ހިތުދަސް ބޭފުޅަކަށް ނުވެފައި، މަޖިލީހުގައިވެސް ތިއްބެވީ ޤުރުއާން ހިތުދަސް ޝައިހުންނަށް ނުވުމުން ޤުރުއާން ވިދާޅުވެ މާނަ ވިދާޅުވުމުން އޭގެ ސައްޚަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އެހެންވުމުން އެންމެ ރަނގަޅު ގޮތަކީ މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަވާއިރު ޤުރުއާނާއި އޭގެ މާނަ ވިދާޅު ނުވުންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އިއްޒަތްތެރި މެމްބަރު ބައެއް ފަހަރަށް މިހެން ދަންނަވަން މިހެން މިޖެހެނީ، އަޅުގަނޑު ޤުރުއާން ހިތުދަހެއްނޫން. އެހެންވީމާ އަޅުގަނޑު މިތަނުގައި ރިޔާސަތުގައި އިނދެ، އިއްޒަތްތެރި މެމްބަރުން ޤުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ދާއިރުގައި، އަޅުގަނޑަށް އޭގެ ކަށަވަރުކަން ސައްޚަ ކުރެވޭނެ ގޮތެއްނޯވޭ. އަޅުގަނޑު ރިޔާސަތުގައި އިނދެ އަޅުގަޑަށް ކަށަވަރު ކޮށްދެވޭކަށް ނޯވޭ، ބައެއް ފަހަރަށް އިއްޒަތްތެރި މެމްބަރުންނަކީ މިތަނުގައި ޝޭހުން މަދު ދީނީ އިލްމުވެރިންނެއްނޫން. އިއްޒަތްތެރި މެމްބަރުންނަކީ އެމަޤަަމަށް ވާހަކަ ދެއްކެވީމާ އަޅުގަނޑަށް ވަރަށްބޮޑު އުދަނގޫ ކަމެއް ދިމާވާތީ އެވާހަކަ ދަންނަވާލީ.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

ސަލީމް ވަނީ މަޖިލިސް ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ހިތް ޕުޅުގައި ޤުރުއާނާއިމެދު އޮންނަ ޚިލާފްތަކެއްގެ ސަބަބުންކަމަށް ވިދާޅުވެފައެވެ. ސަލީމް މިހެން ވިދާޅުވުމާއިއެކު ވަރަށްބޮޑަށް ކޯފާ އިސްކުރައްވައި މަޖިލިސް ރައީސް ވަނީ އެހެން ވިދާޅުވީ ޤުރުއާނާއިމެދު އޮންނަ ލޯތްބާއި ގަދަރެއްގެ ބޮޑުކަމުން ކަމަށް ވިދާޅުވެފައެވެ. ޤުރުއާނުގެ މާނަ ނޭގި އަދި ޤުރުއާން ހިތުދަސް މީހަކު ނެތްއިރު ނުބައިކޮށް ޤުރުއާން ކިޔެވުމަކީ އޭގެ އެންމެ ރަނގަޅު ގޮތް ނޫންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މަޖިލިސް ރައީސްއައް މިކަމުގައި އަމަލުކުރެއްވެން އޮތް އެންމެ ރަނގަޅު ރަނގަޅު ގޮތަކީ ޤުރުއާނުގެ މަނަ އެކުލެވޭ ފޮތެއް ކައިރީގައި ބައިންދަވައިންގެން އިންނެވުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.