އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ ސިޔާސީ މަޞްރަހު ހަލަބޮލިކުރުމަށް: ޢިމްރާން

އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ ސިޔާސީ މަޞްރަހު ހަލަބޮލިކުރުމަށް: ޢިމްރާން

Author
މުޙައްމަދު ޖިމީ
23 ނޮވެމްބަރ 2020 10:15
0

އިތުބާރު ނެތްކަމަށް މަޖީލީހަށް ހުށައަލާފައިވާ މައްސަލަައަކީ ސަރުކާރު ބަލިކަށިކޮށް ސަރުކާރުގެ ކާމިޔާބުކަމުން ހުށައެޅި މައްސަލައެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ. އަދި މޭޑޭގެ މުޒާހަރާގައި ރިޟުވާންގެ މަރާއި ގުޅޭގޮތުން އިމްރާން ދެއްކި ވާހަތަކާއި ގުޅިންނެވެ.

އެމައްސަލައަށް ޖަވާބުދާރިވުމަށް މަޖިލީހުގެ ތަޅުމުގައި ދެއްވި 10 މިނެޓްގެ ފުރުޞަތުގައި ޖަވާބުދެއްވަމުން އިމްރާން ޢަބްދުﷲ ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލަ ހުށައއަޅުއްވާފައިވަނީ ބަހަނާއެއްގެ ގޮތުގައެވެ. އެއީ ނުވާކަމެއް ކުރަހައިގެން ސިޔާސީ މަސްރަޙް ހަލަބޮލިކުރުމަށް ކުރައްވާފައިވާކަމެއްކަމަށާއި، އެއީ ސަރުކާރުގެ 2 އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީގެ ސަބަބުން ހުށައެޅުއްވި މައްސަލައެއްކަމަށެވެ.

މި ޢިއްޒަތްތެރި މަޖިލީހުގެ 11 މެންބަރުން ސޮއިކުރައްވާ އަޅުގަނޑުގެ މައްޗަށް ހުށައަޅާފައިވާ މައްސަލައަކީ ބަހަނާއެއް، އެއީ ނެތް ރޮނގެއް ކުރަހައިގެން، ސިޔާސީ މަސްރޙް ހަލަބޮލިކޮށް، ސަރުކާރު ބަލިކަށިކޮށް ހަލަބޮލިކަމުގެ ހިޔަނީގައި މިސަރުކާރު ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ހޯދި ކާމިޔާބު ފުރޮޅާލުމަށް ކޮށްފައިވާ ތުހުމަތެއް.

-ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ

ޢިމްރާން ވިދާޅުވީ، ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރިއެއްގައި ހިނގިކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލއާއި ގުޅިގެން ހުށައެޅި މައްސަލައަކީ ފުލުހުންނަށް ހުށައެޅުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މީޑިއާއިން ރިޕޯތްކުރިގޮތުން މައްސަލަ އޮޅުން އަރައިގެން ދިޔަކަމެއްކަމަށެވެ. އެއީ ސިޔާސީ ބަޔަކު މުޅި މައްސަލަ އޮޅުވާކުމަށް ކުރިކަމެއްކަމަށާއި، އެއީ ސިޔާސީ ބޭނުމެއްގައި ސިޔާސީ ބަޔަކު އަޑިގައި ތިބެގެން މަޢުލޫމާތު އޮޅޭގޮތަށް ހިންގާފައިވާ ކަމެއްކަަމަށް އިމްރާން ވިދާލުވިއެވެ. އިމްރާން ވަނީ އެމައްސަލާގައި ދެއްކެވި ވާހަކަފުޅުތައް އޮޅުންއަރާފައިވާނަމަ މަޢާފަށް އެދޭކަމަށް ތަކުރާރުކުރެއްވިއެވެ.

އެއްވެސް މިންވަރަކަށް އެއްވެސް އަންހެނަކަށް ގޮނާއެއް ފުރައްސާރެއް ކޮށްގެން ނުވާނެ. އަދި އެފުރުޞަތު ދެވިގެންވެސް ނުވާނެ. އަދި އެއީ ސީރިއަސް ކަމެއްކަމުގައި ދެކިގެން ފިޔަވަޅު އަޅާންޖެހޭނެ. މިސަރުކާރުން އެފަދަ ކަންކަމުގައި ފިޔަވަޅުވެސް އަޅާނެ. އަދި މިއަދުވެސް މިދަންނަވަނީ މީގެ ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން އަޅުގަނޑަށް ބުނެވިފައިވާ އެއްޗެއްގެ ފަދައިން މިދެންނެވި ގޮތަށް ނޫން ގޮތަކަށް ދޭހަވާނަމަ އެކަމަށް އެބޭފުޅެއްގެ ކިބައިން އަޅުގަނޑު މަޢާފަށް އެދެން.

-ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ

އިތުބާރު ނެތްކަމުގެމައްސަލާގައި ބުނެފައިވާ މޭޑޭގެ މުޒާހަރާގެ މައްސަލައަށް އިޝާރާތްކުރައްވާ އިމްރާން ވިދާޅުވީ، މޭޑޭ މުޒާހަރާ ކުރީ އެތައް ސިޔާސީ ބަޔަކު ޖަލަށް ލުމުން ޖކެތް ނުކުރެވުމުން ނުކުތި ނުކުތެއްކަމަށް. އެދުވަހު ގެންގުޅު ކަރުދާހަކީ އަސްލު ނޫންކަމަށް ރޭޑިއޯ ޕްރޮގްރާމްގައި ވިދާލުވެފައިވަނީ އެއީ އަސްލު ކަރުދާހުގެ ކޮޕީއެއްކަމަށް ދެންނެވުމުގެ މާނާގައިކަމަށެވެ.އިމްރާން ވިދާޅުވީ އެކަރުދާސްތައް އޭރުގެ ސަރުކާރުގެ އަމުރަށް ގެންގޮސްފައިވާކަމަށެވެ.

2015 ވަނަ އަހަރު މެއި މަހުގެ ފުރަތަމަ ދުވަހު އަޅުގަނޑު އިސްވެ ހުރެ ވާދަވެރި ޕާޓީތަކާއި ގުޅިގެން އިންތިޒާމްކުރި މުޒާހަރާއަކީ މިހާތަނަށް ދިވެހިރާއްޖޭގެ އެންމެ ގިނަ ރައްޔިތުން އެއްފަހަރާ މަގުމައްޗަށް ނިކުމެ ސަރުކާރާ ދެކޮޅަށް އިޙްތިޖާޖު ކުރިދުވަސް. އެއީ މިރާއްޖޭގެ ތާރީޚްގައި މިހާތަނށް ހިނގާދިޔަ އެންމެ ބޮޑު ސިޔާސީ ހަރަކާތް

-ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ

މޭޑޭގެ މުޒާހަރާއި މަތިކޮށް މަޖިލީހަށް ކިތަންމެ މައްސަލައެއް ހުށައެޅިނަމަވެސް ކުރީގެ ސަރުކާރާ ދެކޮޅަށް ކޮރަޕްޝަނާއި ވައްކަމާއި ދެކޮޅަށް އެތައ ްހާސް ރައްޔިތުން މުޒާހަރާ ނުކުރާކަމަށް ނުވާނެކަމަށެވެ. އެކމަުން ސަރުކާރުގެމަގުބޫލުކަންކޫޑަވެ ރިޔާސީ އިންތިޚަބުން ބޮޑުތަކުން ފެއިލް ނުވާކަމަށް ނުވާނެކަމަށެވެ. އަދި 87 މެންބަރުން ތިއްބެވި 11 މެންބަރުން ސޮއިކުރައްވާ މައްސަލގުޅޭނީ ވޭތުވެ ދިޔަތަނުގަި ސިޔާސީ މަސްރަޙްގައި ރައްޔިތުން އެދޭފަދަ ވެރިކަމެއް ކުރުމަށް އެމަނިކުފާނު ކުރައްވާފައިވާ މަައްކަތްޕުޅަކަމަށްވެސް ޢިމަރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ހުށައަޅާފައިވަނީ ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ. އަދި މޭޑޭގެ މުޒާހަރާގައި ރިޟުވާންގެ މަރާއި ގުޅޭގޮތުން އިމްރާން ދެއްކި ވާހަތަކާއި ގުޅިންނެވެ.

ސޯޝަލް މީޑިޔާގައި މިދެމައްސަލާގައި އިމްރާންނަށް ފާޑުކިޔައި ގިނަބަޔަކު ދަނީ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އިމްރާން ވަނީ ރޭޕް މައްސަލާގައި ރާއްޖޭގެ މީޑިޔާތައް ވަރަށްބޮޑަށް ކުށްވެރިކޮށް، ގޯސް ވާހަކަތަކެއް ދެކެވިފައިވާނަމަ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.