މޯލްޑިވްސް ލިވިންގ އެކްސްޕޯ 2022 ގައި އެޗްޑީސީގެ ސްޓޯލެއް

މޯލްޑިވްސް ލިވިންގ އެކްސްޕޯ 2022 ގައި އެޗްޑީސީގެ ސްޓޯލެއް

Author
ހުސެއިން
15 ޑިސެމްބަރ 2022 06:43
0

ދަރުބާރުގޭގައި ކުރިޔަށް ގެންދާ މޯލްޑިވްސް ލިވިންގ އެކްސްޕޯ 2022 ގައި އެޗްޑީސީން ބައިވެރި ވެއްޖެއެވެ. މި އެކްސްޕޯ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 15،16،17 ޑިސެމްބަރ 2022ގެ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. ލިވިންގ އެކްސްޕޯގައި އެޗްޑީސީގެ ސްޓޯލް ބަހައްޓާފައިވަނީ ދަރުބާރުގޭގެ ރަންނަބަޑޭރި މާލަމުގެ ސްޓޭޖުގައެވެ.

އެޗްޑީސީއިން ލިވިންގ އެކްސްޕޯގައި ބައިވެރި ވެފައިވަނީ އެ ކޯޕަރޭޝަނުގެ ބިޔަ މަޝްރޫއެއްކަމުގައިވާ ތިލަފުށި މާސްޓަރޕްލޭނާއިއެކު ސިނާއީ ވިޔަފާރިއަށް ބޮޑެތި ފުރުސަތުތަކާއި އެކީއެވެ. މި އެކްސްޕޯގައި ތިލަފުށި މާސްޓަރޕްލޭން ރަސްމީކޮށް ލޯންޗުކުރުމަށް އެޗްޑީސީންވަނީ ނިންމާފައެވެ.

ތިލަފުށި މާސްޓަރޕްލޭން ލޯންޗުކުރުމަށްފަހު، މާސްޓަރޕްލޭނާއި ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ސްޓޯލަށް ޒިޔާރާތްކޮށްލުމުން ލިބޭގޮތަށް ވަނީ ހަމެޖެހިފައެވެ. އެޗްޑީސީން އެކުލަވާލެވިފައިވާ ތިލަފުށީގެ މާސްޓަރޕްލޭންގައިވާ ގޮތުން، ތިލަފުށީގައި ދިމާވެފައިވާ ބިމުގެ ޖާގައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ތިލަފުށީގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސިނާއީ އެކި ބޭނުންތަކަށް ބޭނުންވާ ފަރާތްތަކަށް ބިން ގަތުމަށާއި ބިން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލެވިގެންދާނެއެވެ. މި ބިންތަކުގެ ބޮޑުމިނުގައި 5000-35000 އާއި ދެމެދުގެ އަކަފޫޓުގެ ޕްލޮޓުތައް ހުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.