ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ރަނގަޅުކުރުމުގެ ޒިންމާ އެންމެބޮޑީ މަޖިލީހުގައި: އިކްރާމް

ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ރަނގަޅުކުރުމުގެ ޒިންމާ އެންމެބޮޑީ މަޖިލީހުގައި: އިކްރާމް

Author
ޢަލީ އާދަމް
13 ޑިސެމްބަރ 2022 09:03
0

ރާއްޖޭގައި ނިޒާމުގެ ތެރެއިން ފާހަގަވެފައިވާ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމުގެ ޒިންމާ އެންމެ ބޮޑު އެއްތަނަކީ ރައްޔިތުންގެ މަޖިލިސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

އިކުރާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހްގެ ވެރިކަމަކީ ޑިމޮކްރަޓިކް ހަމަތަކަށް ކުރާ ޤައުމަށް ފައިދާހުރި ހަޤީޤީ ހެޔޮވެރިކަމެއްކަމަށެވެ. އަދި މުޅި ނިޒާމް ތެރޭގައި ހުރި ރަގަޅު ކުރަންޖެހޭ ކަންކަމުގެ ޒިންމާ އެންމެ ބޮޑު އެއްތަނަކީ މަޖްލިސްކަމަށެވެ.

އިކުރާމް މިގެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންވެސް އަންނަނީ ސަރުކާރުގެ ސިޔާސަތުތަކާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ޚާއްސަކޮށް ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމާއި ކުރިން ފާހަގަވެފައިވާ މިފަދަ މައްސަލަތައް ބެލުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް އަންނަނީ ބުނަމުންނެވެ. މީގެތެރޭގައި ހިމެނެނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ތާޢީދުކުރާ މެމްބަރުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރާ މެމްބަރުން އަންނަނީ ނަޝީދަށް ފާޑުވިދާޅުވެ ސަރުކަރު ދިފާޢުކުރަމުންނެވެ. އެމީހުން ވިދާޅުވަގޮތުން ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ކަންކަން ކުރައްވަނީ އުސޫލުތަކާ ޚިލާފަށެވެ. އަދި ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވެގެން ސަރުކާރަށް ދަތިކުރަން މަސައްކަތްކުރައްވައެވެ.

ރައީސް ޞާލިޙާއި ނަޝީދުގެ ޚިޔާލު ތަފާތުވރ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާއި ޢާންމު މެމްބަރުންވަނީ ދެބައިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.