ނޮޅިވަރަމުގައި އަންހެނަކު މަރާލާފައި އޮއްވާ ފެނިއްޖެ

ނޮޅިވަރަމުގައި އަންހެނަކު މަރާލާފައި އޮއްވާ ފެނިއްޖެ

Author
މުޙައްމަދު ޖިމީ
10 ޑިސެމްބަރ 2022 03:02
0

ހދ.ނޮޅިވަރަމުގައި މީހަކު މަރާލާފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ މަރާލާފައި އޮއްވާ ފެނުނީ ޢުމުރުން 28 އަހަރުގެ އަންހެނެއްކަމަށެވެ.

ފުލުހުން ބުނީ ހދ.ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭކަމަށް ބުނެ މިއަދު މެންދުރު 12:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އެމަޢުލޫމާތު ލިބުމުން ފުލުހުން ސީންއަށް އެޓެންޑުވެ، ހޭނެތިފައިވާ މީހަކު ފުލުހުންގެ އެހީތެރިކަމާއެކު އެރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާކަމަށް ބުންޏެވެ. އަދި އެމީހާ އެރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުން މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. މި ޙާދިސާގައި ނިޔާވެފައިވަނީ ޢުމުރުން 28 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި އޮތް މީހާގެ ގައިގައި ޒަޚަމްތަކެއް ހުރިކަން ނުވަތަ ނޫންކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.