ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް ހުދު ސަމާލު!

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް ހުދު ސަމާލު!

Author
ޢަލީ އާދަމް
09 ޑިސެމްބަރ 2022 12:07
0

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހުމާއެކު ވައި ގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިހދާރާ (މެޓް)އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

ޅ.އަތޮޅުން ފެށިގެން ލ.އަތޮޅާ ހަމައަށް އޮތީ މިއަދު މެންދުރު 12:10އިން ފެށިގެން އިރުއޮއްސި 6 އެއް ޖަހަންދެން ހުދު ސަމާލު ނެރެފައެވެ. މިވަގުތުތަކުގައި ޅ.އަތޮޅުން ފެށިގެން ލ.އަތޮޅާ ދެމެދުގައި ހިމެނޭ ސަރަޙައްދަށް ބޯކޮށް ވާރޭވެހި ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ގުގުރުމާއެކު ވާރޭ ވެހުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މިއަހަރުގެ ޑިސެމްބަރުގައި ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު، މިދުވަސްވަރަށް އާންމުކޮށް ވެހޭވަރަށްވުރެ މަދު ވާނެކަމަށް މެޓް އޮފީހުން ކުރިން އޮތީ ލަފާކޮށްފައެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގައިވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވާރޭވެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.