ހެންވޭރު ހިރިޔާ ނަމަކަށް ކިޔާ ގެގައި އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނުއ ާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ދީފިއެވެ.
ރޭ ފަތިހު ހިނގި މިޙާދިސާގއި އަލިފާން ރޯވީ ހ.ހިރިޔާ ގޭގެ ތިން ވަނަ ފަންގިފިލާގައެވެ. އެމްއެން ޑީއެފުން ބުނީ ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ ރޭ 4:23 ހާއިރު ނިއްވާލާފައިވާކަމަށެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 3:57 ހާއިރުކަމަށްވެސް އެފަރާތުން ބުންޏެވެ.
މި ހާދިސާއާއި ގުޅޭގޮތުން އެންޑީއެމްއޭއިން ބުނީ ހ. ހިރިޔާ 1 ގޭގެ 3އޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެ އެތަނުގައި ދިރިއުޅުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން މިހާރު ހަމަޖެހިފައިވާކަމަށެވެ.
ހ. ހިރިޔާ 1 ގޭގެ 3އޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެ އެތަނުގައި ދިރިއުޅުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން މިހާރުވަނީ ހަމަޖައްސައިދެވިފައި. pic.twitter.com/Z8X6qCA0rm
— NDMA Maldives (@NDMAmv) December 8, 2022
މިޙާދިސާއާ ގުޅިުގެން ފުލުހުންވެސް ވަނީ އަލިފާން ރޯވި އިމާރާތުގައި ހަރަކާތްތެރިވެފައެވެ. އެކަކު ހޮސްޕިޓަލަށް ގެންދިކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންނަމަވެސް މިޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވާކަމަށް އެމްއެންޑީއެފުންއެމްއެންޑީއެފްއިން ބުންޏެވެ.