ދިމާވި ތެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެކުންފުނިން ބުނީ، ހުޅުމާލޭ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، ހުޅުމާލެއާއި، މާލޭގެ އެކި ސަރަހައްދުތަކުން ކުރިއަށްއޮތް ބައިގަޑިއިރު ތެރޭ ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އަދި މިކަމުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭކަމަށް ބުނެފައިވެއެވެ.
ކަސްޓަމަރުންގެ ސަމާލުކަމަށް: ހުޅުމާލޭ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، ހުޅުމާލެއާއި، މާލޭގެ އެކި ސަރަހައްދުތަކުން ކުރިއަށްއޮތް ބައިގަޑިއިރު ތެރޭ ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ ދަތިތަކަށް މާފަށް އެދެން.
— STELCO (@STELCOMALDIVES) December 8, 2022
ސްތެލްކޯއިން އަންނަނީ އެކުންފުނީގެ ކަރަންޓު ވިއުގަ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދިފަހުން ވަނީ ހުޅުމާލޭ ހިޔާ ފްލެޓު ސަރަހައްދުގެ މައި ކޭބަލަކަށް ގެއްލުން ލިބި އެސަރަހައްދުން ކަރަންޓު ކެނޑިފައެވެ.
ކޮމެންޓު ފޮނުވާ