ހެންވޭރު ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ހެންވޭރު ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

Author
ޢަލީ އާދަމް
08 ޑިސެމްބަރ 2022 07:52
0

ހެންވޭރު ހިރިޔާ ނަމަކަށް ކިޔާ ގެގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެއެވެ.

ރޭ ފަތިހު ހިނގި މިޙާދިސާގއި އަލިފާން ރޯވީ ހ.ހިރިޔާ ގޭގެ ތިން ވަނަ ފަންގިފިލާގައެވެ. އެމްއެން ޑީއެފުން ވިދާޅުވީ ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވެ ރޭ 4:23 ހާއިރު ނިއްވާލާފައިވާކަމަށެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ 3:57 ހާއިރުކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.

މިޙާދިސާއާ ގުޅިުގެން ފުލުހުންވެސް ވަނީ އަލިފާން ރޯވި އިމާރާތުގައި ހަރަކާތްތެރިވެފައެވެ. އެކަކު ހޮސްޕިޓަލަށް ގެންދިކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންނަމަވެސް މިޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވާކަމަށް އެމްއެންޑީއެފުންއެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.