އެޗް.ޑީ.ސީގެ އިންސްޕެކްޓަރުންނާއި ސުޕަވައިޒަރުންނަށް ޙާއްސަ ޓްރޭނިންއެއް

އެޗް.ޑީ.ސީގެ އިންސްޕެކްޓަރުންނާއި ސުޕަވައިޒަރުންނަށް ޙާއްސަ ޓްރޭނިންއެއް

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2022 04:05
0

ރައްޔިތުންނަށް ދެވޭ ޙިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެޗް.ޑީ.ސީގެ އިންސްޕެކްޓަރުންނާއި ސުޕަވައިޒަރުންނަށް ޙާއްސަ ޓްރޭނިންގ ސެޝަންއެއް ބާއްވައިފިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކާއި އެއްމެ ގާތުން މަސައްކަތްތަކުރާ އެއް ބަޔަކީ އެޗް.ޑީ.ސީގެ ސުޕަވައިޒަރުންނާއި އިންސްޕެކްޓަރުންގެ ޓީމެވެ. މިގޮތުން، ރަށު ތަރެ ބެލެހެއްޓުމާއި އެކި ގޮތްގޮތުން ދިމާވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ގިނަ ޙިދުމަތްތަކެއް މި ޓީމުތަކުން ދަނީ ދެމުންނެވެ. މިހާރު ދެމުން ގެންދާ ޙިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރެވި، ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް އެޗް.ޑީ.ސީ އާ ނެޝަނަލް ކޮލެޖް ފޯ ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ގުޅިގެން 8 ދުވަހަށް ކުރައަށް ގެންދެވޭ ޙާއްސަ ޓްރޭނިންގ ޕްރޮގްރާމް މިއަދު ވަނީ ފަށާފައެވެ.

މި ތަމްރީން ޕްރޮގްރާމްގައި ރަށުތެރެ ބެލެހެއްޓުމުގައި ގެންގުޅެން ޖެހޭ އެއްމެ ރަނގަޅު ގޮތްތަކާއި، މުޢާމަލާތު ކުރުން، މައްސަލަތައް ހައްލު ކުރުން، ސެލްފް ޑިފެންސް އަދި ޤާނޫނުތަކާއި ޤަވައިދުތަކަށް ބައިވެރިން އަހުލުވެރި ކުރުމަށް ސެޝަންތައް ބޭއްވިގެން ދާނެއެވެ. އެޗް.ޑީ.ސީގެ މެންޑޭޓްގެ ތެރޭގައި ހުޅުމާލެ ބެލެހެއްޓުން ހިމެނިފައި ވާއިރު، ރައްޔިތުންނަށް ދެވޭ ޙިދުމަތްތަކާއި އެޗްޑީސީއާއި ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މިގޮތުން ރައްޔިތުންނާއި އެއްމެ ގާތުން ޙިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޓީމްތަކަށް މިފަދަ ޓްރެއިންގްތައް ދިނުމަކީ އެޗްޑީސީން ޙާއްސަ އިސްކަމެއް ދޭނެ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.