އެއްކޮޅުން ބަނގުރޫޓުވާ ވާހަކަ، އަނެއްކޮޅުން 400 މިލިއަންގެ އިންތިޚާބެއްގެ ވާހަކަ، ނަޝީދުގެ ވާހަކަ ދެކޮޅެއްނުޖެހޭ: ސައުދު

އެއްކޮޅުން ބަނގުރޫޓުވާ ވާހަކަ، އަނެއްކޮޅުން 400 މިލިއަންގެ އިންތިޚާބެއްގެ ވާހަކަ، ނަޝީދުގެ ވާހަކަ ދެކޮޅެއްނުޖެހޭ: ސައުދު

ގުޅުންހުރި

އެއްކޮޅުން ރާއްޖެ މިދަނީ ބަނގުރޫޓުވާންކަމަށާ، ދައުލަތުގެ ފައިސާ ނެތް ވާހަކަ ދައްކަވަމުން އަނެއްކޮޅުން ވެރިކަމުގެ ނިޒާމު ބަދަލުކުރަން މިޙާލަތުގައި، 400 މިލިއަންގެ ބޮޑު އިންތިޚާބެއް ބާއްވާ ވާހަކަ ދެކެވުމަކީ ދެކޮޅު ނުޖެހޭ ކަމެއްކަމަށް ވިދާޅުވެ ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި ޓްރޭޑް ޔޫނިއަންގެ ކުރީގެ ޗެއާމަން ސައުދުﷲ އަޙްމަދު ރައީސް ނަޝީދަށް ސުވާލެއް ކުރިމަތިކޮށްފިއެވެ.

ސައުދު ކުރެއްވި ސުވާލަކީ، ނިޒާމީ ވޯޓުގެ ވާހަކަ ދައްކާއިރު ރާއްޖޭގެ މާލީ ޙާލަތު ގޯސްކަމަށް ވިދާޅުވަނީވެސް ހަމަ ރައީސް ނަޝީދު ނޫންތޯއެވެ. ރާއްޖެ ބަނގުރޫޓުވާނެކަމަށާއި ދެ ދުވަހަށްވާ ފައިސާވެސް ދައުލަތުގެ މާލިއްޔާގައި ނެތްކަމުގެ ވާހަކަވެސް ވިދާޅުވަނީ ހަމަ ނަޝީދު ނޫންތޯ ސައުދު ސުވާލުކުރެއްވިއެވެ. އަދި އެހެން އެއްކޮޅުން ވިދާޅުވަމުން، 400 މިލިއަން ޚަރަދުވާނެވަރުގެ ބޮޑު އިންތިޚާބެއް ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ޚިޔާލު އޮތްގޮތެއް ބެލުމަށް ނެގުމަކީ ކިހިނެއް ކުރެވޭނެކަމެއްތީ، އެކަމަށް ކުރިމަތިވާނެ ފައިސާގެ މައްސަލަ ޙައްލުކުރާނީ ކިހިނެއްތޯ ސައުދު ސުވާލު އުފެއްދެވިއެވެ.

ރައްްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙާ ދެމެދު އެންމެބޮޑަށް ޚިޔާލު ތަފާތުވެފައިވާ މައްސަކައަކީވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމެވެ. ނަޝީދު ބޭނުންފުޅުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނި ނިޒާމަކަށް ބަދަލުކުރާށެވެ. އަދި އެއަށްފަހު ބަރުލަމާނީ އިންތިޚާބެއް ބާއްވާށެވެ.

ނިމިދިޔަ އެމްޑީޕީގެ ކޮންގްރެސްގައިވެސް ނަޝީދު ވަރަށްބޮޑަށް އެކަމަށް ވަކާލާތުކުރެއްވިއެވެ. އަދި އެކަމާ ގުޅޭ ކަރުދާހެއް ހުށަހަޅުއްވަންވެސް މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް ޚިލާލު ތަފާތުވެ އެންމެފަހުން ފަހުން އެކަން ކުރާނެކަމަށް ވިދާޅުވެ އެކަރުދާސް ހުށަނާޅުއްވައި ކޮންގްރެސް ނިންމާލިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކޔުރައްވަން މިހާރު ކެމްޕެއިން ކުރައްވަމުންދާ ނަޝީދު، މިހާރު ނިޒާމީ ވޯޓުގެ ޚިޔާލުފުޅު ދޫކޮށްލެއްވީތޯ މީހަކު ސުވާލުކުރިއެވެ. ސަބަބަކީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑޭޓު ހޮވާ ޕްރައިމަރީއަކަށް ކެމްޕެއިން ކުރައްވާތީއެވެ. އެއަށް ދެއްވި ޖަވާބުގައި ނަޝީދު ވިދާޅުވީ، ނިޒާމު ބަދަލުކުރަން ވޯޓު ނެގުމަކީ އެމްޑީޕީން 2018ގައި ވީ އެންމެ ބޮޑު ވަޢުދުކަމަށެވެ. އެވަޢުދު ނުފުއްދައު ރިޔާސީ އިންތިޚާބަކަށް އަނެއްކާ ދިއުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ. އަދިވެސް ބޭފުންފުޅުވަނީ ނިޒާމީ އިންތިޚާބަކަށް ދިއުމަށްކަމަށެވެ. އެއިންތިޚާބު ބާއްވައިފިނަމަ ނިޒާމު ބަދަލުވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

ނަޝީދު މިހެން ވިދާޅުވިޔަސް، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކާއި ސަރުކާރުންވެސް ނިޒާމީ ވޯޓެއް މިވަގުތު ނަގަން ތާޢީދެއް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ