ކޯވީޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ.
މިއަދު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުދެމުން އައި ޢުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި 46 ވަނަ މީހާއެވެ. އޭގެ ތެރޭގައި ހިމެނެނީ 38 ދިވެހިންނާއި، 8 ބިދޭސީންނެވެ. އެންމެ ފަހުން ރާއްޖެއިން މިހާރު ނިޔާވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ފަހަކަށް އައިސް ރާއްޖޭގައި މިބަލީގައި ނިޔަވާ މީހުން ކޮންމެވެސްވަރަކަށް އިތުރުވެފައިވާއިރު މިވަގުތުވެސް ހޮސްޕިޓަލުގައި 82 މީހަކަށް ދަނީ ފަރުވާދެމުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ ޢަދަދު އިތުރުވުމަކީ މިބަލީގައި މީހުން ނިޔާވުން އިތުރުވެދާނެކަމެއްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.
ރާއްޖޭެއިން ކޯވިޑްގެ ކޭސްތައް އިތުރުވާން ފަސާފައިވާއިރު ފާއިތުވި24 ގަޑިއިރުގެ ތެރޭގައި ވަނީ 32 މީހަކު ޕޮޒިޓިވްވެފައެވެ. މިވަގުތު މިބައްޔަށް ޕޮޒިޓިވްވެ ފަރުވާދެމުން އަންނަ 967 މީހަކު އެބަތިއްބެވެ. މުޅި ޖުމްލަ މިހާތަނަށް 12،578 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 11،559 މީހުން ވަނީ ބަލިން ރނގަޅުވެފައެވެ.
ރާއްޖެއިން ކޯވިޑް 19 އަށް ލުއިތަކެއް ދީފައިވާއިރު މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދާއި، ބަލީގައި ނިޔާވާ މީހުންގެ އަދަދަށް ބަލާއިރު އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކުރުމަކީ ކައިރިކަމެކެވެ. ބައްޔަށް އަދިވެސް ޔަގީންކަމާއިއެކު ވެކްސިނެއް ލިބިފައިނުވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް މިހާތަނަށް ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތަކަށްވެސް މާބޮޑުކަމެއް ކުރެވޭތަނެއް އަދި ނުފެނެއެވެ.
ކޮމެންޓު ފޮނުވާ