ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ ވިޔަފާރިތައް ގިނަވަމުން ދާއިރު މިކަމަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ޤާއިމު ކުރުމަށް ކަނޑައެޅިފައިވާ އިންޑަސްޓްރިއަލް ޒޯންގެ މިހާރު ކަނޑައެޅިފައިވާ އިމާރާތް ކުރުމުގެ އުސްމިނަށް ބަދަލު ގެނައުމަށް އެޗްޑިސީން ނިންމައިފިއެވެ.
މިގޮތުން ކުރިން 6 ފްލޯއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދެވިފައިވާއިރު އިތުރު 2 ފްލޯއަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ހާމަ ކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނައުމެގެ އެއްމެ ބޮޑު އެއް ބޭނުމަކީ އިންޑަސްޓްރިއަލް ސަރަހައްދައް ބޮޑުވެފައިވާ ޑިމާންޑްއަށް ހައްލެއް ހޯދައިދިނުމާއި ހުޅުމާލޭގައި ހިންގޭ ވިޔަފާރިތަކަށް ގިނަ ފަހި ފުރުޞަތުތަކެއް ފަހިކޮށްދިނުމެވެ. އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް ހުޅުމާލޭގައި ކަނޑައެޅިފައިވާ ފްލޯ ސްޕޭސް އިތުރުކުރުމެވެ.
މި ބަދަލާއިއެކު މިހާރު އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ޙިދުމަތް ހޯދާއި ޙިދުމަތް ދެމުން ގެންދާ ފަރާތްތަކަށް ވިޔަފާރި ފުޅާކުރަން ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެން އެޗްޑީސީން ހާމަ ކޮށްފައި ވެއެވެ.
އެޗްޑިސީން ހާމަ ކޮށްފައިވާ ގޮތުގައި، އެ ކޯޕަރޭޝަނުންގެންދަނީ ރައްޔިތުން އެދޭ ކަންކަން ގާތުން ބަލައި އެކަންތަތްތަކަށް އަވަސް ހައްލު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ