ޖެނުއަރީ ޓްރާންސްފާގައި ކުލޮޕް ގޮތްހުސްވެފަ

ޖެނުއަރީ ޓްރާންސްފާގައި ކުލޮޕް ގޮތްހުސްވެފަ

ގުޅުންހުރި

ޓީމަށް މިވަގުތު ދިމާވެފައިވާ އަނިޔާގެ މައްސަލަ ހައްލުކުރުމަށް ޖެނުއަރީގައި ހަދާނެގޮތެއް ނޭގޭކަމަށް ލިވަޕޫލްގެ ކޯޗު ޔާގޮން ކުލޮޕް ބުނެފިއެވެ.

މިރޭ ލެސްޓަރ ސިޓީ ދެކޮޅަށް ނުކުތުމުގެ ކުރިންވާހަދައްކަމުން ލިވަޕޫލް ކޯޗު ބުނީ އަނިޔާގެ މައްސަލަތަކަށް މިވަގުތު އަވަސްހައްލެއް ހޯދަން ޖެހިފަވާކަމަށެވެ. އަދި އެކަން ހައްލުކުރަން ޖެނުއިރާ ޓްރާންސްފައި ލިވަޕޫލްއިން ހަރަކާތްތެރިވާނެކަމާ މެދު އެއްޗެއް ބުނަން އަދި އަވަސްކަމަށް ކުލޮޕް ބުނެފައިވެއެވެ. އޭނާ ބުނީ އެއްގޮތަކީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދިނުންކަމަށާއި އެކުޅުންތެރިންނާއެކު މިކަންވާނެތޯ ކުރިޔަށްހުރި ދުވަސްތަކުގައި ބަލަންޖެހިފައި ވާކަމަށެވެ.

އަދިވަގުތު އެބޮތް، އެހެންނަމަވެސް ކަންކަން ހައްލުކުރުމަށް އަވަހަށް މަސައްކަތް ކުރަންޖެހޭ، ލިވަޕޫލްއަށް ގޮތްތަކެއް އެބައޮތް، އެހެންނަމެވެސް އަހަންނަކަށްނޭގެ ހަދާނެގޮތެއް ކުރިޔަށްހުރި ދުވަސްތަކުގައި ދިމާވާނީ ކޮންފަދަ ހާލަތެއްކަމެއްނޭގޭ.

– ލިވަޕޫލްގެ ޖަރުމަނު ކޯޗު ބުނެފައިވެއެވެ.

ޓީމުގެ ފަހަތައް ކުޅެވިދާނެ ވަރުގައި ތަޖުރިބާ ހުރި މިޑްފީލްޑަރު އެބަތިބިކަމަށާއި އެއީ މިވަގުތައް ބޭނުންކުރެވިދާނެ އަވަސް ހައްލެއްކަމަށް ކުލޮޕް ވަނީ ބުނެފައެވެ. އޭނާ ބުނީ އަދި ހަމަ ހަދާނެ އެއްގޮތެއްވެސް އޭނާގެ ވިސްނުމަށް ނާންނަކަމަށާއި މިވަގުތު ވިސްނުންހުރީ ޓީމުގައި ތިބި ކުޅުންތެރިންނާއެކު ކުރިޔަށްދިޔުމުގެ ވިސްނުންކަމަށެވެ.

ލިވަޕޫލްއިން ވަނީ ލީގުގައި ކުޅުނު 8 މެޗުން 17 ޕޮއިންޓް މިހާތަނަށް ހޯދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *