ޔޫރަޕުގައި ވާދަކުރާ ކޮންމެ ކުލަބަކަށްވެސް މިއީ އުނދަގޫ ހާލަތެއް: ކޮންޓޭ

ޔޫރަޕުގައި ވާދަކުރާ ކޮންމެ ކުލަބަކަށްވެސް މިއީ އުނދަގޫ ހާލަތެއް: ކޮންޓޭ

ގުޅުންހުރި

މިހާލަތުގައި އުނދަގޫވަނީ ހަމައެކަނި އިންޓަމިލާނަށް ނޫންކަމަށާއި މިއީ ޔޫރަޕުގައި ވާދަކުރަމުންދާ ހުރިހާ ޓީމަކަށްވެސް އުނދަގޫހާލަތެއް ކަމަށް އިންޓަމިލާންގެ ކޯޗު އެންޓޯނިޔޯ ކޮންޓޭ ބުނެފިއެވެ.

ކޯވިޑް މިހާލަތުގައި މެޗުތައް ކުރިޔަށްދާއިރު ކުޅުންތެރިން ޕްޒެޓިވް ވުމާއި ކުޅުންތެރިން އަނިޔާގެ މަސައްލަތަކުގެ ސަބަބުން އެންމެ ފުރިހަމަކުޅުން ދައްކަން އުނދަގޫކަމަށް އިންޓަމިލާންގެ ވަނީ ބުނެފައެވެ. ކޮންޓޭ ބުނީ ކުރިޔަށްހުރި ދުވަސްތަކުގައި މެޗަތަކަށް ތައްޔާރު ވެވެންއޮތީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށާއި އުންމީދަކީ ކުރިޔަށް އޮތްދުވަސްތަކުގައި ރަނގަޅަށް ދިޔުންކަމަށެވެ.

ލީގުގައި ވާދަކުރާ ކޮންމެޓީމެއް ވެސް އިންޓަމިލާން ބަލިކުރަން އަމާޒުހިފާފަވާކަން ކޮންޓޭ ފާހަގަކުރިއެވެ. އޭނާ ބުނީ ވާދަވެރިރޫހެއްގައި އެހެން ޓީމުތަކާ މިދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި ވާދަކޮއްލުމަކީ ފަހުރެއްކަމަށާއި މި ވާދަވެރިކަން އަހަރުތަކަކަށް ދަމަހައްޓަންޖެހޭ ކަމަށެވެ. އެކަމަޓައްކާ ކުރަންހުރި މަސައްކަތްތައް ގިނަކަމަށް ކޮންޓޭބުނިއެވެ.

މިއޮތީ އެހާ ފައްސޭހަ ހާލަތެއްގައެއް ނޫން، އެކަމަކު ޓީމުން ކުރަންހުރި މަސައްކަތް ގިނަ، އަހަރަމެން އަމިއްލަ ވިސްނަންޖެހޭ އަހަރެމެންގެ ހާލަތާމެދު.

– އިޓަލީގެ ގައުމީޓީމުގެ ކުރީގެ ކޯޗު ބުނެފައިވެއެވެ.

އިންޓަމިލާންއެކު ހުސްވި ސީޒަންގެ ޔޫރަޕާ ލީގުގެ ފައިނަލުގައި ވާދަކުރި ކޯޗު ބުނީ އިންޓަމިލާންގެ ބަލިފައިތަކަކީ ކޮބައިކަން އެނގޭކަމަށާއި ޓީމުގައި ރަނގަޅުކުރަން ހުރިކަންކަން ދެނެގަނެވިފައި ވާކަމަށެވެ. ޓީމުގެ ހާލަތާމެދު މިވަގުތު އަމިއްލައަށް ވިސްނަންޖެހޭ ކަމަށާއި މިހާރަށްވުރެ ބޮޑަށް ޓީމުގައި ކުރިޔަށްކުޅޭ ކުޅުންތެރިން އިދިކޮޅުޓީމުގެ އޭރިޔާތެރޭގައި ހަރަކާތްތެރިވާންޖެހޭ ކަމަށް ކޮންޓޭ ބުނެފައިވެއެވެ.

ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން އިންޓަމިލާނަށް ލިބިފަވަނީ 12 ޕޮއިންޓެވެ. މިރޭ އަމިއްލަ ދަނޑުގައި އިންޓަމިލާން ނުކުންނާނީ ޓޮރީނޯއާ ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *