1.6 މިލިއަން ފަތުރުވެރިންގެ އަމާޒަށް މިއަހަރު ވާސިލް ވެވޭނެ

1.6 މިލިއަން ފަތުރުވެރިންގެ އަމާޒަށް މިއަހަރު ވާސިލް ވެވޭނެ

Author
ހުސެއިން
26 ނޮވެމްބަރ 2022 08:19
0

މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައެޅުމު އަމާޒަށް ވާސިލް ވެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބުދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

ޑރ. މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިއަހަރު މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 2019 ވަނަ އަހަރު ރާއްޖެއައި ރާއްޖެ އައި ފަތުުރުވެރިންގެ އަދަދަށްވުރެ 7.5 އިންސައްތަ އިތުރުވެފައި ވާކަމުގައެވެ.

ތަފާސް ހިސާބުތަކުން ފެންނާން ހުރިގޮތުގައި މިއަހަރު މިހާތަނަށް ރާއްޖެއަށް ރިޔާރަތް ކޮށްފައިވަނީ 1.46 މިލިއަން ފަތުރުވެރިންނެވެ. ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައިވާ 2023 އަށް ލަފާކުރާ ބަޖެޓް ބަޔާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވަނީ އަންނަ އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިނާރަތް ކުރާނެކަމަށް ސަރުކާރުން އަންދާޒާ ކުރާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.