ދިވެހި ފުލުހުންގެ ތެރެއިން އިންޓަޕޯލްގައި މަސައްކަތްކުރާ ފުރަތަމަ ފުލުސް އޮފިސަރުގެ ގޮތުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިލުވާން ޝަރީފް ހަމަޖައްސަވައިފިއެވެ.
އިންޓަރޕޯލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހި ފުލުހަކަށް ލިބިފައިވާކަން ޕޮލިސް ކޮމިޝަނަރ އިއުލާން ކުރައްވާފައިވަނީ ފާއިތުވެދިޔަަހުގެ 18ވަނަ ދުވަހުއެވެ.
މި މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިލުވާން ޝަރީފް ހަމަޖައްސަވާފައިވާކަން އިއުލާން ކުރައްވާފައިވަނީ ޕޮލިސް ކޮމިޝަނަރ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އަދި މަގާމުގެ ލިޔުން ސީޕީ ހަމީދުވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިލުވާން ޝަރީފްއާއި ހަވާލު ކޮށްފައެވެ.
އިލްޓަރޕޯލްގައި ރިލުވާން މަސައްކަތް ކުރައްވާނީ ހެޑްކުއާޓަރުގައި، 3 އަހަރުގެ މުއްދަތަކަށެވެ. ސީޕީ ހަމީދު ވިދާޅުވި ގޮތުގައި އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރިލުވާން އިންޓަރޕޯލްގައި މަސައްކަތް ކުރައްވަން ފައްޓަވާނެއެވެ.
With great satisfaction I handed over the Letter of Approval of Secondment to Chief Inspector Rilwan Shareef today, for his secondment at @INTERPOL_HQ. He will work at INTERPOL Financial Crime and Anti-Corruption Centre in Lyon, France for 3 years starting from 1st December 2022. pic.twitter.com/URvacyXCs7
— Mohamed Hameed (@M_Hameedh) November 24, 2022
ރިލުވާން މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ އިންޓަރޕޯލްގެ ކްރައިމް ޔުނިޓްގައެވެ. މީގެ 99 އަހަރު ކުރިން އުފެދިފައިވާ އިންޓަޕޯލްއަކީ 195 ގައުމަކުން ބައިވެރިވާ އިސްޓިޓިއުޝަންއެކެވެ.