ސިވިލްސަރވިސްގެ ޤަވާއިދާއި ޚިލާފަށް އެތައްދުވަހަކު ގަޑިޖެހި، މަސައްކަތަށް ފަރުވާކުޑަކުރަމުންދިޔަ ޓްރާސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަކި ކުރުމަށް ނިންމި މިންމުމުގައި އޭރުގެ ސިޔާސީ ބޭފުޅެއްގެ ނުފޫޒު އެކަމުގެ ތެރެއަށް ވެއްދި ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ޚަބަރު އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި އޭރުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ބޭފުޅެއްގެ ސިޔާސީ ނުފޫޒު މިމައްސަލައިގެ ތެރެއަށް ވަރަށްބޮޑަށް ވަދެފައިވާކަމަށެވެ. އަދި މިހާރު މައްސަލަ ރަނގަޅަށް ބަލައިލިއިރު އެކަމުގައި ޝާމިލުވި ސުޕަވައިޒަރުންނާއި މެދުވެސް ފިޔަވަޅު އެޅުމަށް ސިވިލް ސާވިސް ކޮމިޝަނުން ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވާކަމަށެވެ.
ނަމަވެސް މިނިސްޓްރީގެ އާދައިގެ މުވައްޒިފުންނަށް މިކަމުގައި ފިޔަވަޅު އެޅިއިރު، ސުޕަވައިޒަރުންނަށް ފިޔަވަޅު އަޅާފައި ނުވަނީ ސްޓޭޓް މިނިސްޓަރުގެ ނުފޫޒުންކަމަށް މައުލޫމާތު ދީފައިވެއެވެ.
ސިވިލްސަރވިސްގެ ޤަވާއިދާއި ޚިލާފަށް އެތައްދުވަހަކު ގަޑިޖެހި، މަސައްކަތަށް ފަރުވާކުޑަކުރަމުންއައި 11 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްފައެވެ. ވަޒީފާއިން ވަކިކުރުމުގެ ބިރު އުފެދިފައިވާކަމަށްބުނެ ޓްރާންސްޕޯޓް އޮތޯރިޓީގެ ފަންސާހަށްވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ވެސް އޭރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށްވަނީ ހުށަހަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ މިޕެޓިޝަންގައި މުވައްޒަފުން ބުނެފައިވަނީ އެއޮތޯރިޓީން ގިނަ މުވައްޒަފުންތަކެއް ވަކިކުރަން އުޅެނީ ހާޒިރީގެ މައްސަލަތަކެއް ފެންމަތި ކުރުމަށްފަހުކަމަށެވެ. ނަމަވެސް އަނގަބަހުން ނުވަތަ ލިއުމުން ވެސް ކުރިން އިންޒާރެއް ނުދީ ވަގުތުން ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫންކަމަށްވެސް މި ޕެޓިޝަންގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ