ޕީއެންސީގެ ނައިބް ރައީސް ޝުޖާ މާދަމާ ޕޮލިހަށް ހާޒިރުކުރަނީ

ޕީއެންސީގެ ނައިބް ރައީސް ޝުޖާ މާދަމާ ޕޮލިހަށް ހާޒިރުކުރަނީ

Author
މުޙައްމަދު ޝަޒައިމް
22 ނޮވެމްބަރ 2020 11:19
0

އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ މާދަމާ ޕިލިހަށް ހާޒިރުވާ ން އަންގައިފިއެވެ.

އިދިކޮޅު ޕީޕީއެމްއިން މިއަދު ބުނެފައިވަނީ ޝުޖާ ޕޮލިހަށް ހާޒިރުވުމަށް އަންގާފައިވަނީ މާދަމާ މެންދުރުފަހު 14:30 އަށް ކަމަށެވެ. ޝުޖާވަނީ މީގެ ކުރިންވެސް ޕޮލިހަށް ހާޒިރުކޮށްފައެވެ. އޭނާ ޕޮލިހަށް ހާޒިރުކޮށްފައިވަނީ "ބަޑި ބުރާސްފަތި" ގެ ނަމުގައި ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންކްރެސް ކޯލިޝަނުން ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ޝުޖާ ފުލުހުން ހައްޔަރުކޮށް6 ތުހުމަތެއް ކުރުމަށްފަހު ދޫކޮށްލާފައެވެ.

އަދި ޖެހިގެން އައި ދުވަހު އޭނާ ހާޒިރުކުރުމަށް އެގުމަށްފަހު ފަހުން ވަނީ ޝުޖާ ހާޒިރު ކުރުން ކެންސަލް ކޮށްފައެވެ. އޭރު ފުލުހުން ޝުޖާއަށް ކުރި ތުހުމަތުތަކުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސްއެޅުމާއި އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވުން ފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް ތުހުމަތުތަކަށް ޝުޖާ ވަނީ އިންކާރު ކުރައްވާފައެވެ.

ބަޑި ބުރާސްފަތި" ގެ ނަމުގައި ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބާއްވަން ކުރިން ނިންމި ހަރަކާތް ޕީޕީއެމް އޮފީސް ކުރިމަތީގައި ބާއްވަން ނިންމީ ކާނިވާ ސަރަހައްދުގައި އެހަރަކާތް ކުރިއަށްގެންދަން ހުއްދަ ނުލިބުމުންނެވެ.

1988 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަދުވަހު ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގައި އުޅުނު ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ ހާދިސާއާއި ގުޅިގެން ބާއްވާ މިޖަލްސާގައި ވާހަކަދެއްކި އިދިކޮޅު ފަރާތްތަކުން ވަނީ މިސަރުކާރުން ގައުމަށް ޤައްދާރުވި މީހުންނަށް ހިމާޔަތް ދެމުން އަންނަކަމަށް ތުހުމަތުކޮށް ވާހަކަދައްކާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.