ފަހު 5 މިނިޓުގައި ޖެހި ގޯލުތަކުން ނެދަލޭންޑުން ސެނަގާލް ބަލިކޮށްފި

ފަހު 5 މިނިޓުގައި ޖެހި ގޯލުތަކުން ނެދަލޭންޑުން ސެނަގާލް ބަލިކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 ނޮވެމްބަރ 2022 07:38
0

ގަތަރު ފީފާ ވޯލްޑް ކަޕް 2022 ގައި ސެނެގާލް ބަލިކޮށް ނެދަލަންޑްއިންވެސް ފެށުން ރަނގަޅުކޮށްފިއެވެ.

ރޭ ސެނެގާޅްގެ މައްޗަށް ނެދަލެންޑްސް އިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. ހާއްސަކޮށް މި ހާފުގައި ނެދަލެންޑްސްގެ ފްރެންކީ ޑި ޔޮންއަށް ވަނީ ލަނޑު ޖަހަން ރަނުގެ ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ. މީގެ އިތުރުން ޑިފެންޑަރު ވާޖިލް ވެންޑައިކަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ވެސް ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މި ހާފުގައި ސެނެގާލްގެ އިސްމާއިލާ ސާއަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މީގެ އިތުރުން ސެނެގާލްގެ ބޮޔާލޭ ޑިއާއަށްވެސް ވަނީ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

އެކަމަކު މެޗުގެ 84 ވަނަ މިނެޓުގައި ނެދަލަންޑްސްގެ ކޯޑީ ގަކްޕޯ ވަނީ ލަނޑު ޖަހާ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޑި ޔޮންގެ އެހީތެރިކަމާއެކުގައެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅު ނެދަލަންޑްސްގެ ޑެޥި ކްލާސަން ވަނީ ލަނޑު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ގްރޫޕް އޭގެ ޓީމުތަކުން ފުރަތަމަ މެޗު ކުޅެ ނިމުނުއިރު، ގްރޫޕްގެ އެއްވަނަ އަދި ދެވަނައިގައި ނެދަލަންޑްސް އޮތީ ތިން ޕޮއިންޓާއެކުގައެވެ. ތިންވަނަ އަދި ހަތަރުވަނައިގައި އޮތީ ގަތަރާއި ސެނެގާލްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.