ބައިކް މޯލްޑިވްސްގެ އިންތިހާބު އަންނަ މަހު 3 ގައި

ބައިކް މޯލްޑިވްސްގެ އިންތިހާބު އަންނަ މަހު 3 ގައި

Author
އިބްރާހީމް ސާޢިދު
22 ނޮވެމްބަރ 2020 01:08
0

ބައިސްކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބައިކް މޯލްޑިވްސް) ހިންގާ ކޮމިޓީ އިންތިހާބު ކުރުން އަންނަ މަހުގެ ތިންވަނަ ދުވަހަށް ތާވަލު ކޮށްފިއެވެ.

ބައިކް މޯލްޑިވްސްގެ އިންތިހާބުގައި ވޯޓު ލެވޭނީ އަހަރީ އާންމު ޖަލްސާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންނަށެވެ. ބައިކް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މިހާރު ހިނގަމުން އަންނަ ދައުރު އަންނަ މަހުގެ 20 އަށް ހަމަވާނެއެވެ.

ބައިކް މޯލްޑިވްސް އިން ބުނީ، އަންނަ މަހުގެ ތިންވަނަ ދުވަހަށް އިންތިހާބު ތާވަލު ކޮށްފައިވާއިރު މަގާމުތަކަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައި ވާކަމަށެވެ. މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 29 ވާ އާދިއްތަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ބައިކް މޯލްޑިވްސް އަކީ ރާއްޖޭގައި ސައިކްލިންގެ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.