ޝައިޚް އިމްރާން، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ޝައިޚް އިމްރާން، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ގުޅުންހުރި

ރާއްޖޭގެ ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ އިންޑިއާގެ ފޮރިން މިނިސްޓަރ ސުބްރަމަންޔަން ޖައިޝަންކަރާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި "ނޯ މަނީ ފޯ ޓެރޯ"ގެ ނަމުގައި ކުރިއަށްދާ ޓެރަރިޒަމާ ދެކޮޅު ކޮންފަރެންސްގެ ހަވާސާއިން ބޭއްވި ބައްދަލުވުމެކެވެ.

"ނޯ މަނީ ފޯ ޓެރޯ" ކޮންފަރެންސްއަކީ ޓެރަރިޒަމަށް ފައިސާ ހޭދަކުރުން ހުއްޓުވުމަށާއި އެފަދަ ކަންކަމާ ދެކޮޅަށް ޤައުމުތަކުން އަޅާ ފިޔަވަޅުތައް ވަރުގަދަކުރުމާމެދު މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސްއެކެވެ.

ޖައިޝަންކަރު ވަނީ ޝައިޚް އިމްރާނާ ބައްދަލުކުރެއްވުމަށްފަހު ޝައިޚް އިމްރާނަށާއި ރާއްޖެ ތައުރީފް ކުރައްވާފައެވެ. ޝަންކަރު ވިދާޅުވީ "ނޯ މަނީ ފޯ ޓެރޯ" ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވުމަކީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް ދޭހަކޮށްދޭ ކަމެއްކަމަށެވެ.

މިފަހަރުގެ "ނޯ މަނީ ފޯ ޓެރޯ" ކޮންފަރެންސް އަކީ ޓެރަރިޒަމަށް ފައިސާ ހޭދަކުރުމާ ދެކޮޅަށް މިފެންވަރުގައި މިސަރަޙައްދުގައި ބާއްވާ ތިންވަނަ ކޮންފަރެންސެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އިންޑިއާ އަކީ އެންމެ ގިނައިން ޓެރަރިޒަމް އަށް ފައިސާ ހޭދަކުރާ އެއްގައުމު، މި ގޮތުން ލަންކާ 30 އަހަރުވީ ދިގު ދާޚިލީ ހަނގުރާމަ، ލަންކާގައި ބޮންގޮއްވުން، 3 ނޮވެމްބަރ ގެ އުދުވާނީ ، ހަމަލާ، އިސްޓް ޕާކިސްތާނު ( މިހާރު ބަނގްލަދޭސް ) ހިންގި ޓެރަރިޒަމް ، ޕާކިސްތާން ގެ ބޮލޮޗިސްތާން ގައި ދެމުންގެނދާ ހަމާ ތަކައް އިންޑިއާިަން ވަނީ ބިލލިއަނުން ޚަރަދު ކުރަމުން، އަދި އިންޑިއާ ގައި މުސްލިމުން ނާ ދެކޮޅަށް ހަރުކަށި ހިންދޫ އިން ހިންގާ އަނިޔާވެރި އަމަލު ތަކައް ދަނީ އިންޑިއާ ސަރކާރުން ފައިސާ ހަރަދު ކުރަމުން

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ