އެކެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓަރ އެކައުންޓް އަލުން އެކްޓިވޭޓް ކޮށްފިއެވެ.
ޓްރަމްޕްގެ ޓުވިޓަރ އެކައުން އެކްޓިވޭޓް ކޮށްފައި މިވަނީ، ދުނިޔޭގަ އޮތް އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ޕްލެޓް ކަމުގައިވާ ޓުވިޓަރ 44 ބިލިއަން އެމެރިކާ ޑޮލަރަށް މަހުޖަނު އެލޮން މަސްކް ގަތްތާ 3 ހަފްތާ ފަހުންނެވެ.
އަދި އެއަށްފަހު އޭނާ ކުރިޔަށް ގެންދިޔަ ޓުވިޓަރ އޮޕީނިއަން ޕޯލް (ޓުވިޓަރއިން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު)ގައި ޓްރަމްޕްގެ ޓުވިޓަރ އަލުން އެކްޓިވޭޓު ކުރުމަށް ތާއީދުކޮށް އެތައް މިލިއަން ބަޔަކު ވޯޓު ލާފައި ވަނިކޮށެވެ.
މި ހަފްތާގެ ހުކުރު ދުވަހުގެ ރޭ އެލޮން މަސްކު އާންކުރި ޓުވިޓަރ ޕޯލްގައި ވޯޓު ލީ މީހުންގެ ތެރެއިން 15 މިލިއަން މީހުން (%52) ވޯޓު ލާފައިވަނީ ޓަރަމްޕްގެ ޓުވިޓަރ އަލުން އެކްޓިވޭޓް ކުރުމަށް ތާއީދު ކޮށެވެ.
Reinstate former President Trump
— Elon Musk (@elonmusk) November 19, 2022
ރައްޔިތުން އެމީހުންގެ ބަސް އިސްވައިފި. ޓްރަމްޕްގެ ޓުވިޓަރ އެކައުން އަލުން އިއާދަ ކުރެވޭނެ.
މި ޕޯލްއަށްފަހު މަސްކު ކުރި ޓުވީޓުގައި އޭނާ ވިދާޅުވެފައި ވެއެވެ.
The people have spoken.
Trump will be reinstated.
Vox Populi, Vox Dei. https://t.co/jmkhFuyfkv
— Elon Musk (@elonmusk) November 20, 2022
ޓަރަމްޕް އެންމެ ފަހުން އޭނާގެ ޓުވިޓަރ އެކައުންޓް ބޭނުން ކޮށްފައިވަނީ 2020 ވަނަ އަހަރު ކުރިޔަށްދިޔަ އޭނާގެ ރިޔާސީ ޕްރައިމަރީގައެވެ. އޭރު ޓަރަމްޕް ހުންނެވީ އެމެރިކާގެ ރައީސްކަމުގެ މަގާމްގައެވެ.
އެއަށްފަހު ޓްރަމްޕްގެ ޓުވިޓަރއިން ސަސްޕެންޑް ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އެއީ އޭނާއަށް ތާއީދުކުރާ މީހުންނަށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގަތުމަށް އެ އެކައުންޓުގެ ބޭނުން ކޮށްގެން ހިތްވަރު ދީފައިވާކަމުގެ ތުހުމަތުގައެވެ.
އޭރު ޓުވިޓަރއިން ބުނެފައިވަނީ ޓްރަމްޕްގެ ޓުވިޓަރ އެކައުން ބޭނުންކޮށްގެން އިތުރަށް ހަމަނުޖެހުން އުފެއްދުމުގެ ރިސްކު އޮތުމާގުޅިގެން، އެ ޓުވިޓަރ އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކޮށްފައިވާކަމުގައެވެ.
އެންމެ ފަހުން @realDonaldTrump ޓުވިޓަރ އެކައުންޓުން ކޮށްފައިވާ ޓުވީޓުތައް ވަރަށް ރަގަޅަށް ރިވިވް ކުރުމަށްފަހު، އަދި އެ ޓުވިޓަރ އެކައުންޓާ ގުޅުންހުރި އެހެނިހެން ކަންކަމަށްވެސް ބެލުމަށްފަހު، ޓުވިޓަރ އެކައުންޓް ބޭނުންކޮށްގެން އިތުރަށް ހަމަނުޖެހުން އުފެއްދުމުގެ ރިސްކު އޮތުމާގުޅިގެން، އެކައުންޓް ދާއިމީކޮށް ސަސްޕެންޑް ކުރުމަށް ނިންމައިފިން.
ޓަރްމަޕް ދާއިމީކޮށް ޓުވިޓަރއިން ސަސްޕެންޑް ކޮށްފައިވާކަން އިއުލާންކޮށް ޓުވިޓަރ ކުންފުނިން 2021 ވަނަ އަހަރުގެ ޖެނުއަރީމަހު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އެމެރިކާގެ ގާނޫނުހަދާ މަޖިލީހަށް ޓަރަމްޕްގެ ސަޕޯޓަރުން ދިން ހަމަކާތަކާއި ގުޅިގެން ފޭސްބުކްއިންވެސް އޭނާ ސަސްޕެންޑް ކުރިއެވެ. އެހެންނަމަވެސް ފޭސްބުކުއިން ފަހުން ނިންމާފައިވަނީ ސަސްޕެންޝަން 2 އަހަރު ދުވަހަށް ބޭއްވުމަށެވެ.
މިއަހަރުގެ ކުރީކޮޅު ޓަރަމްޕްވަނީ ޓުވިޓަރއާއި އެއްވައްތަރުގެ، އޭނާގެ އަމިއްލަ ޕްލެޓްފޯމު، ޓުރޫތު ސޯޝަލް ލޯންޗް ކޮށްފައެވެ. އެހެންނަމަވެސް ޓަރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު ކުރީކޮޅު މަތިވެގެން ދިޔަނަމަވެސް، ފަހުން އެމެރިކާގެ ފެޑެރަލް އިންވެސްޓިގޭޝަންއިން ކުރިޔަށް ގެންދާފެށި ތަހުގީގުތަކާއެކު، އެ ޕްލެޓްފޯމު ބޭނުންކުރާ މީހުންގެ އަދަދު ވަނީ މަދުވާން ފަށާފައެވެ.
މިއަހަރުގެ އެޕްރިލްމަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އޭނާގެ ސަސްޕެންޝަން އުވާލިއަސް ދެން އޭނާ ޓުވިޓަރ ޕްލެޓްފޯމް ދެން ބޭނުމެއް ނުކުރައްވާނެއެވެ.
އަހަރެން ޓުވިޓަރއަކަށް ދެން އެބުރި ނުދާނަން. އަހަރެން ދެމިހުންނާނީ ޓުރުތު ޕްލެޓްފޯމުގަ.
ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
ޓްރުތު ޕްލެޓްފޯމާއެކު ޓަރަމްޕް ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން، ޓްރަމްޕްގެ ހުރިހާ ސޯޝަލް މީޑިއާ ޕޯސްޓެއް އެ ޕްލެޓްފޯމުގައި ކުރަން ޖެހޭއިރު، އެ ޕްލެޓްފޯމުގައި ޕޯސްޓެއް ކުރެއްވުމަށްފަހު ޖެހިގެން އަންނަ 6 ގަޑިއިރުތެރޭ އެހެން އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި އެ ޕޯސްޓު އާންމު ކުރުމުގެ ހުއްދައެއް ޓްރަމްޕަށް ނޯވެއެވެ.
ޓަރަމްޕްގެ އެކައުންޓް އަލުން އެކްޓިވޭޓްކުރޭތޯ އެލޮން މަސްކު ޓުވިޓަރ ޕޯލް އާންމު ކުރުމާއެކު، ޓުރުތު ޕްލެޓްފޯމުގައި ޓަރަމްޕް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، އެ ޕޯލްގައި އީޖާބީ ވިސްނުމެއްގައި ވޯޓު ދިނުން ރަގަޅު ކަމަށާއި، އެހެންނަމަވެސް "ހާސްނުވޭ، އަހަރުމެން މިކަމަކާ އަޅައެއް ނުލާނަން،" ކަމުގައެވެ.
އެމެރިކާގެ ތިރިގެއިން ދެފަހަރަށް އިމްޕީޗް ކޮށްފައިވާ ޓަރަމްޕްވަނީ 2024ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން ފާއިތުވެދިޔަ ހަފްތާގައި އިއުލާން ކުރައްވާފައެވެ.