ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަޣާވާތްކޮށް އެމްޑީޕީގެ ބައެއް މެމްބަރުން، އެމްޑީޕީގެ ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފެށި ހިސާބުން އެމްޑީޕީގެ އިތުބާރު ގެއްލިއްޖެކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ޝިފާޢު މިހެން ވިދާޅުވީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ބޭރުން ސަރުކާރުން ޚަރަދުކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާތީ އެކަމުގެ ތަފްސީލު ހޯދަން ހުށަހެޅި ހުށަހެޅުން ފާސްނުވުމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަންލަޠީފު ނުރުހުން ފާޅުކުރައްވައި ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
MDP ge ithubaaru gehlijje Majlis therein bagaavaathkoh MDPge sarukaaru vahtaalan MDP ge baeh memberun masahkath fehtti hisaabun. https://t.co/YSLFtUmCw3
— Mohamed Shifau (@mhshifau) November 19, 2022
މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ބޭރުން ސަރުކާރުން ޚަރަދުކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާތީ އެކަމުގެ ތަފްސީލު ހޯދަން ހުށަހެޅި ހުށަހެޅުން ފާސްނުވުމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަންލަޠީފު ނުރުހުން ފާޅުކުރައްވައި ވިދާޅުވެފައިވަނީ، ކޮމެޓީންވަނީ އެ އިސްލާހު ފާސްނުކޮށް ބޭރުކޮށްލުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ. މިއަހަރު ޚަރަދު ކުރުމަށްފަހު އަންނަ އަހަރުގެ ބަޖެޓުގައި އެފައިސާ ހިމެނުންވެސް ގޯސްކަމަށާ، އެ ހިމެނި 5.8 ބިލިއަން ރުފިޔާގެ ތަފްސީލު ނުދޭން ނިންމުން އަދި މާގޯސްކަމަށް ހަސަން ވިދާޅުވެފައިވެއެވެ. އަދި އެހެން ނުހައްދަވައި އެތަފްސީލް ދެއްވުމަށާއި އެމްޑީޕީގެ އިތުބާރު ގެއްލުވާނުލުމަށް ޙަސަންވަނީ ގޮވާލައްވާފައެވެ.
ޙަސަން ލަޠީފަށް ރައްދުދެއްވައި ޝިފާޢު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަޣާވާތްކޮށް އެމްޑީޕީގެ ބައެއް މެމްބަރުން، އެމްޑީޕީގެ ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފެށި ހިސާބުން އެމްޑީޕީގެ އިތުބާރު ގެއްލިއްޖެކަމަށެވެ.