މެޑްރިޑް އެއްވަރުވެ، އެތުލެޓިކޯ އެއްވަނައަށް

މެޑްރިޑް އެއްވަރުވެ، އެތުލެޓިކޯ އެއްވަނައަށް

ގުޅުންހުރި

ސްޕެނިޝް ލަލީގާގައި ރެއާލްމެޑްރިޑު އެއްވަރުވިއިރު އަނެއްކާވެސް ލީގުގައި ވާދެވެރި ބާސެލޯނާ ބަލިވެއްޖެއެވެ.

މެޑްރިޑު އެއްވަރުވީ ލީގުގެ ރޭ ރަށުން ބޭރުގައި ވިޔަރެއާލްއާ ވާދަކޮށް 1-1 ލަނޑުންނެވެ. މެޗުގެ ދެވަނަ މިނިޓުގައި މަރިޔާނޯ ޑައިޒް ލަނޑެއްޖަހައި ކުރި ހޯދައިފަވަނިކޮށް ވިޔަރެއާލުން ނަތީޖާ ހަމަހަމަކުރީ މެޗުގައި 76 ވަނަ މިނިޓުގައި ލިބުނު ޕެނެލްޓީއަކުން ޖެރާޑް މޮރޭނޯ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ މޮރޭނޯ މިސީޒަންގައި އެޓީމަށް ކާމިޔާބުކޮށްދިން ފަސްވަނަ ލަނޑެވެ.

ރޭ ވާދަވެރި ބާސެލޯނާ އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެފައެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ބާސާ ބަލިވީ އެތުލެޓެކޯ އަތުން 1-0 ލަނޑުންނެވެ. މެޗުގައި ބާސެލޯނާގެ ޖެރާޑް ޕީކޭއަށް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން ތިނެއް ނޫނީ ހަތަރު މަސްދުވަހަށް ކުޅުންތެރިޔާ ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެއެވެ.

ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު އެތުލެޓިކޯ އަށް ކާމިޔާބުކޮށްދިނީ ޔަނިކް ކަރެސްކޯއެވެ. މިއީ ލީގުގައި ކޯޗު ޑިއެގޯ ސިމިއޯނީގެ ކޯޗުކަމުގައި 18 ފަހަރު ބައްދަލުކުރުމަށްފަހު އެތުލިޓިކޯއަށް ބާސެލޯނާގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މިއީ 10 އަހަރުތެރޭގައި އެތުލިޓެކޯއިން ބާސެލޯނާގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރުއެވެ. މި މޮޅާއެކު އެތުލެޓިކޯ ވަނީ ބަލިނުވެ ލީގުގައި 24 މެޗު ހަމަކޮށްފައެވެ. ލަލީގާގައި ރޭގައި ސެވިއްޔާ ވަނީ ސެލްޓަވީގޯ މައްޗަށް 4-2 ލަނޑުން ކުރިހޯދާފައެވެ.

މި ނަތީޖާއެކު ބާސެލޯނާ ބަލިކޮށް އެތުލެޓިކޯއިން ވަނީ ތާވަލުގެ އެއްވަނައިގަވާ ރެއާލް ސޮސެއިޑާޑްއާ ޕޮއިންޓްގޮތުން ހަމަހަމަކޮއށްފައެވެ. އެތުލެޓިކޯއިން ސޮސެއިޑާޑް އަށްވުރެ އެއްމެޗުން މަދުން ކުޅެގެން ވަނީ 20 ޕޮއިންޓް ހޯދާފައެވެ. ވިޔަރެއާލް ތިންވަނައިގަ އޮތީ 10 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. މެޑްރަޑު ހަތަރުވަނައިގަ އޮތީ 9 މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން ބަލިވުމާއެކު ބާސެލޯނާ ވާނީ ލީގު ތާވަލުގެ 10ވަނައަށް ވެއްޓިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *