300 ބިލިއަން ޑޮލަރު އިންވެސްޓުކޮށް، ޤަތަރު ވޯލްޑްކަޕަށް ފައްކާވެފަ!

300 ބިލިއަން ޑޮލަރު އިންވެސްޓުކޮށް، ޤަތަރު ވޯލްޑްކަޕަށް ފައްކާވެފަ!

މި ހަފްތާގެ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމުގައިވާ ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތް ފެށުމަށް، މިހަރުގެ ވޯރލްޑްކަޕް މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ޤަތަރުން ފުރިހަމަޔަށް ތައްޔާރު ވެއްޖެއެވެ.

ނޮވެމްބަރުމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރުމަހުގެ 18 ދުވަހުގެ ނިޔަމަށް ގަތަރުގައި ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ 64 މެޗެއް ކުޅޭނެއެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ، ގުރޫޕް A ގައި ހިމެނޭ ޤަތަރާއި އިކުއަޑޯރއެވެ.

މުބާރާތް ހުޅުވާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ، ވެރިރަށް ދޯހާގެ 35 ކިލޯ މީޓަރ އުތުރުން އޮންނަ ކިހޯރު ސިޓީގެ އަލް ބައިތު ސްޓޭޑިއަމްގައެވެ. މުބާރާތުގައި 32 ޓީމަކުން ވާދަކުރާނެއެވެ.

 

300 ބިލިއަން ޑޮލަރުގެ ތައްޔާރީތައް!

ޤަތަރުންވަނީ، މި މުބާރާތް ބެލުމަށް އެގައުމަށް ޒިޔާރަތްކުރާ މީހުންނަށް ޚާއްސަކޮށްގެން 6،000 ކެބިން (ދެ މީހަކަށް ތިބެވޭވަރު ކުދި ކުދި ކޮޓަރި)ތައް އެކުލެވޭގޮތަށް އެއަރޕޯޓުތައް ވަށައިގެން ތައްޔާރު ކޮށްފައެވެ. މިއީ އަގުހެޔޮކޮށް އެކޮމޮޑޭޝަން ފޯރުކޮށް ދިނުމަށްޓަކައި ޤަތަރުން ޚާއްސަކޮށްގައިވާ ކެބިން ތަކެކެވެ. މި ހުރިހާ ކެނިބްތައް ފުލް ވެގެން ދާއިރު، އެއްފަހަރާ 12،000 މީހުންނަށް މި ސަރަހައްދުގައި އެކޮމޮޑޭޝަން ފޯރު ކޮށް ދެވޭނެއެވެ.

އަގު ހެޔޮކޮށް އެކަމަޑޭޝަން ފޯރުކޮށް ދިނުމަށް ޤަތަރުން ބިނާ ކޮށްފައިވާ ކެބިން ވިލެޖް

ޤަތަރުގެ ސުޕްރިމް ކޮމިޓީ ފޯރ ޑެލިވަރީ އެންޑް ލެގަސީ ފޯރދަ ވާރލްޑް ކަޕް އިސްފަރާތް ކަމުގައިވާ އުމަރު އަލް ޖަބަރު ވިދާޅުވެފައިވާ ގޮތުގައި މި ކެބިންތަކުން ވާރލްޑް ކަޕަށް ބޭނުންވާ އެކަމަޑޭޝަންގެ %24 ފޯރުކޮށް ދޭނެއެވެ.

ވާރލްޑް ކަޕް ފެށިގެން ދާއިރު، އެކަށީގެންވާ ވަރަށް ހޮޓާތަކުން ކޮޓަރިތައް ނުލިބުމާއި، އަދިއަގުބޮޑު ހޮޓެލްތައް ހުންނަ ޤަތަރަށް މި މުބާރާތަށް ބޭނުންވާ ވަރަށް، އަދި ޓީމުތަކާއި، މަސައްކަތު މީހުންނަށާއި، ވޮލަންޓިއަރުންނަށާއި، މެޗްތައް ބެލުމަށް ޤަތަރަށް ޒޔާރަތް ކުރާ ފަރާތްތަކަށް ފުދޭވަރަށް އެކަމަޑޭޝަނާއި ޖާގަ ފޯރުކޮށް ނުދެވިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ނަތީޖާއެއްގެ ގޮތުން ދޯހާއިން ވަނީ ކޭމްޕިން އަދި ކެބިން ސައިޓްތަކާއި، އަދި ކުރޫޒް ޝިޕްތައްވެސް އެކަމަޑޭޝަން ފޯރުކޮށް ދިނުމަށްޓަކާ ހިފާފައެވެ.

އަދި ޤަތަރުންވަނި މެޗްތައް ބެލުމަށް ޒިޔާރަތްކުރާ ފަރާތްތަކުން އަވައްޓެރި ގައުމުތަކުން އެކަމަޑޭޝަން ހޯދުމަށްވެސް ދޯހާއިން ވަނީ އިލްތިމާސް ކޮށްފައެވެ. ޤަތަރުން އަންދާޒާ ކުރާ ގޮތުގައި، މި މުބާރާތަށް، އެވްރެޖްކޮށް ދުވާލަކަށް 130,000 ކޮޓަރި ބޭނުންވާނެއެވެ.

މިއަހަރުގެ ވާރލްޑަ ކަޕަށް ތައްޔާރު ވުމަށްޓަކާ 2011 ވަނަ އަހަރުން ފެށިގެން ޤަތަރުންވަނީ ސުޕްރިމް ކޮމިޓީ ފޯރ ޑެލިވަރީ އެންޑް ލެގަސީގެ ނަމުގައި ޚާއްސަ ކޮމިޓީއެއް އުފައްދާފައެވެ. މި ކޮމިޓީގެ މަސްއޫލިއްޔަތަކަށް ހަދާފަ އޮތީ މިއަހަރުގެ ވާރލްޑް ކަޕަށް ބޭނުންވާ އިންފްރާ ސްޓްރަކްޗަށްތައް ގާއިމްކުރުމާއި، އަދި މުބާރާތް ބޭއްވުމަށް ކުރިޔަށް ގެންދާންޖެހޭ އޮޕްރޭޝަންތައް ކުރިޔަށް ގެންދިއުމެވެ.

މިއަހަރުގެ ވާރލް ކަޕްގައި 32 ޓީމަކުން ވާދަކުރާއިރު، މި މުބާރާތައް 1 މިލިއަން މީހުން އެގައުމަށް ޒިޔާރަތް ކުރާނެއެވެ. މިގޮތުން އެހެން ގައުމުތަކުން މި ސީޒަންގައި ޤަތަރަށް ޒިޔާރަތްކުރާ މީހުން އުފުލުމަށްޓަކައި މެދުއިރުމަތީގެ ބޮޑެތި ސިޓީތަކުން ކޮންމެ ދުވަހަކުވެސް 100 އަށްވުރެ ގިނަ ފްލައިޓް ދަތުރުތަށް ޤަތަރަށް ކުރަމުންދާނެއެވެ.

މި މުބާރާތަށް ޤަތަރުން މުޅިން އާ 7 ސްޓޭޑިއަމެއް ބިނާ ކޮށްފައިވާއިރު، މުބާރާތް ކުޅޭ 8 ވަނަ ސްޓޭޑިއަމްއަކީ މަރާމާތު ކޮށްގެން ބޭނުންކުރާ ސްޓޭޑިއަމްއެކެވެ. މެޗްތައް ކުޅޭ ސަރަހައްދުގައި 29.8 ބިލިއަން ޑޮލަރު ޚަރަދު ކޮށްގެން ވަނީ ސަބްވޭ ސިސްޓަމެއް ބިނާ ކޮށްފައެވެ.

ވާރލްޑް ކަޕަށް ޚާއްސަކޮށް ޤަތަރުން ބިނާ ކޮށްފައިވާ 8 ސްޓޭޑިއަމް

ޤަތަރަށް މިއަަރުގެ މުވާރާތް އެވާޑް ކޮށްފައިވާތާ 12 އަހަރު ވެފައިވާއިރު، މިހާތަނަށް އެގައުމުންވަނީ 300 ބިލިއަން ޑޮލަރު މިމުބާރާތައް ޚަރަދު ކޮށްފައެވެ. އަދި ވެރިރަށް ދޯހާގައި މިމުބާރާތައް މުޅިން އާ ހޮޓާތައް ބިނާކޮށްފައިވާއިރު އާ ސްޓޭޑިއަމްތަކުން މި ކުޑަ ސިޓީގެ މޫނުމަތި މުޅިން ބަދަލުވެފައިވާ ކަމުގައި ޒިޔާރަތްކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިމުބާރާތުންވެސް ދުނިޔޭގެ ފުޅުބޯޅަ ޖަމިއްޔާއަށް މިފަހަރު ރެކޯޑު އަދަދަކަށް އަދި އެންމެ ފަހުން ބޭއްވުނު މުބާރާތަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ވަނި އަންދަޒާ ކުރެވިފައެވެ. އެންމެ ފަހުން، 2018ވަނަ އަހަރު ރަޝިއާގައި ބޭއްވުނު ވާލްޑް ކަޕް މުބާރާތުން ފީފާއަށް 5.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެ މުބާރާތް ދުނިޔޭގެ އެކި ކަންކޮޅުތަކުން 3.6 ބިލިއަން މީހުން ބަލާފައި ވެއެވެ.

 

ރާ ވިއްކުން މަނާ!

ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމުގައިވާ ވާރލްޑް ކަޕް ފުޓުބޯޅަ މުބާރާތް ފެށެން އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް، މި މިމުބާރާތުގެ މެޗްތައް ކުޅޭ ސްޓޭޑިއަމްތަކުގައި ރާވިއްކުމުގެ ހުއްދާ ނޯންނާނެކަންވެސް ފީފާއިން ވަނީ އިއުލާން ކޮށްފިއެވެ.

ފީފާއިން ހުކުރުދުވަހު މި ނިންމުން އިއުލާން ކޮށްފައިވަނީ، މުބާރާތުގެ މައިގަޑު އެއް ސްޕޮންސަރ ކަމުގައިވާ ބުޑްވެއިސަރއަށް މެޗްތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުގެ ވަށައިގެން 8 ލޮކޭޝަނެއްގައި ބިޔަރު ވިއްކުމުގެ ހުއްދަ ދޭގޮތަށް ކުރިން ނިންމާފައިވާ ނިންމުމަށް ބަދަލު ގަނައުމާއެކުއެވެ. ބުޑްވެއިސަރއަށް މި ލޮކޭޝަންތަކުގައި ބިޔަރު ވިއްކުމުގެ ހުއްދަ ދޭގޮތަށް ކުރިން ނިންމާފައިވަނީ މެޗްތައް ފެށުމުގެ 3 ގަޑިއިރު ކުރިންނާއި އަދި މެޗް ނިމުމަށްފަހު އެއްގަޑިއިރަށެވެ.

ޤަތަރުގެ ސަރުކާރުން މި ގެނައި ބަދަލުތަކާއެކު މި ސަރަހައްދުތަކުގައި ވިއްކުމުގެ ހުއްދަ މިހާރު އޮންނާނީ ރާ (އަލްކަހޯލް) ނުހިމެނޭ ބިޔަރެވެ.

އެހެންނަމަވެސް، އަލްކަހޯލްގެ ބުއިންތައް ކަމުގައިވާ ޗެމްޕޭންއާއި ވިސްކީފަދަ ބުއިންތައް، ބޭރުން އަންނަ ފަރާތްތަކަށް ޚާއްސަ ކޮށްގެން ޚިދުމަތްދޭ އެހެން އޭރިއާތަކުގައި ވިއްކުމުގެ ހުއްދަ ޤަތަރުގެ ސަރުކާރުން ވަނީ ދީފައެވެ. އޭގެ އިތުރުން ސެންޓްރަލް ދޯހާގައި ހުންނަ ފީފާ ފޭން ފެސްޓިވަލް ގައިވެސް ބިޔަރު ލިބެން ހުންނަ ގޮތަށްވަނީ ހަމަޖައްސާފައެވެ.

މިފަހަރުގެ ވާރލްޑް ކަޕް މުބާރާތަކީ އަރަބި އިސްލާމީ ގައުމެއްގައި ބޭއްވޭ ފުރަތަމަ ވާރލްޑް ކަޕެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.