ނަޝީދުގެ ބާރު ހިނގާ ވެރިކަމެއްނަމަ ގޯތި ވައުދު މިހާރު ފުއްދާނެ: މުސްތަފާ

ނަޝީދުގެ ބާރު ހިނގާ ވެރިކަމެއްނަމަ ގޯތި ވައުދު މިހާރު ފުއްދާނެ: މުސްތަފާ

Author
މުޙައްމަދު ޝަޒައިމް
22 ނޮވެމްބަރ 2020 09:36
0

މިހާރު އޮތް ވެރިކަމަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބާރު ހިނގާ ވެރިކަމެއްނަމަ ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމެއް އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދެއްވާނެކަމުގައި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމަށް މިސަރުކާރުން ވެފައިވާ ވައުދު ތަންފީޒު ނުވެ 2 އަހަރު ވެގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ޚާއްސަކޮށް މާލޭގެ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާ ވަހިކަމެއް ހޯދައި ދެއްވާނެ ކަމުގެ ވައުދަކީ މިސަރުކާރުން މާލޭ ރައްޔިތުންނަށް ވިއްކި ވައުދެކެވެ. ނަމަވެސް ވެރިކަމުގެ މިހާތަނަށް އައިއިރުވެސް މިވައުދާއި އެއްގޮތަށް ކަންކަން ނުކުރެވި، ބައެއް ފަރާތްތަކުން ދަނީ މާލޭގައި މުޒާހަރާވެސް ކުރަމުންނެވެ.

ގޯތި ހޯދުމަށް އޮތް ގޮޖެހުމާއި ގުޅޭގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒު ވެފައިވާއިރު، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެފައިވަނީ މިވެރިކަމުގައި ގޯތި ވައުދު ތަންފީޒު ނުވެގެން އުޅެނީ ވެރިކަމުގެ ތެރޭގައި ރައީސް ނަޝީދުގެ ބާރު ކުޑަވުމުންކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރަން އެކުލަވާލާފައިވާ ޕްލޭނަށް ބަލާއިރު މާލޭ ރައްޔިތުންނަށް ގޯތި ދޭނެ ހުސް ބިމެއް އެތަނުގައި ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލްގެ މެމްބަރު ފައްޔާޟް އިސްމާޢީލް ވިދާޅުވި ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ، ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮގައާއި ކުދި ކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިހްތިޔާރު ކުރާ އެހެންތަނަކުން ގޯޗެއް ފޯރުކޮށްދިނުމަކީ އެމްޑީޕީ ޖަޒީރާއްޖެ މެނިފެސްޓޯ ގައި ހިމެނޭ ވައުދެއްކަމަށެވެ. އަދި ވައުދު ނުފުއްދުމަށް ދައްކާ ހުއްޖަތެއް ގަބޫލެއް ނުކުރައްވާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.