ވެށި ރައްކާތެރި ކުރުމަކީ ޝަރުޢީ، ވަޡަނީ އަދި އިންސާނީ ވާޖިބެއް: ޚުޡުބާ

ވެށި ރައްކާތެރި ކުރުމަކީ ޝަރުޢީ، ވަޡަނީ އަދި އިންސާނީ ވާޖިބެއް: ޚުޡުބާ

ހަގީގީ މުސްލިމަކީ އޯގާވެރި، ކުލުނުވެރި، މަޑުމައިތިރި، ލުއިފަސޭހަކަމަށް ލޯބިކުރާ އަދި މުށްބާރުކަމެއް ނެތް މީހެއްކަމަށާއި، ވެށި ރައްކައުތެރި ކުރުމަކީ ޝަރުޢީ، ވަޡަނީ އަދި އިންސާނީ ވާޖިބެއް ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

ހުކުރު ޚުޡުބާގައި ވިދާޅުވި ގޮތުގައި މުސްލިމުން ވާންޖެހޭނީ މުޅި އިންސާނިއްޔަތަށް ހުރި ހެވަކަށެވެ. މުސްލިމުން މަސައްކަތް ކުރާން ޖެހޭނީ ވެށި ރައްކައުތެރި ކުރުމަށާއި، ކައުނު ސަލާމަތްތެރި ކުރުމަށެވެ. މިގޮތުން ވެށީގެ ޙައްޤުތައް އަދާކުރުމުގައި ފަސްޖެހުމުގެ ނުބައި އަސަރު ފޯރާނީ ހަމަ އެމީހަކަށް އެކަނި ނޫންކަން ބަޔާން ކުރައްވަމުން ޚުޡުބާގައި ވިދާޅުވި ގޮތުގައި އޭގެ ނޭދެވޭ އަސަރު އެމީހެއްގެ ގައުމަށާއި، ސަރަަހައްދަކަށާއި، އަދި އޭގެ އިތުރުން އިންސާނުން ދިރުއުޅޭ މުޅި ބިމަށްވެސް ފޯރާނެއެވެ.

އިންސާނުން ދިރިއުޅޭ ބައްރުތަކަށާއި، ކަނޑުތަކަށާއި، ޖައްވަށް އޭގެ އަސަރު ފޯރާނެތެވެ. މުޅި އިންސާނިއްޔަތަށާއި، އެންމެހައި އާދަމުގެ ދަރީންނަށް ފޯރާނެތެވެ. އެހެންކަމުން ވެށި ރައްކައުތެރި ކުރުމަކީ ޝަރުޢީ، ވަޡަނީ އަދި އިންސާނީ ވާޖިބެކެވެ.

މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

"އިންސާނުންނާއި ވެށީގެ ރައްކާތެރިކަން އޮތީ އިސްލާމް ދީނުގައެވެ." މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވި ގޮތުގައި، ހަގީގީ މުސްލިމަކީ އޭނާގެ އަވަށްޓެރިންނާއި، ރަޙުމަތްތެރިންނަށާއި، މުޖުތަމަޢުގެ އެންމެހައި އަފރާދުންނަށް ހިންހެޔޮ މީހަކަށްވުމުގެ އިތުރުން މުޖުތަމަޢުގެ ފަރުދުންނަށް އަޅައިލާ މީހެކެވެ.

މިއަދު ހުކުރު ޚުޡުބާގައި އިތުރަށް ބަޔާން ކޮށްފައިވަނީ މާތް ރަސްކަލާންގެ ވަޔާއި ފެނާއި ޙަޔާތް ޚަލްގު ކުރެއްވީ ސާފުތާހިރުކޮށް ކަމަށާއި، ވެށި ތަޢައްޔަރު ކުރަނީ އިންސާނުންގެ އަތުން ކަމުގައެވެ. އަދި އިންސާނުން، ވިރާސީ މޭސްތިރިކަމުގެ ދަށުން މޭވާއަށާއި، ގަސްގަހާ ގެެއްސަށާއި، ދިރޭ އެއްޗެއްސަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މާތް ރަސްކަލާންގެ ޚަލްޤު ކުރެއްވި މިތަކެތި ތަޢައްޔަރުވަމުން ދާކަމުގައިވެސް ޚުތުބާގައި ބަޔާން ކޮށްފައި ވެއެވެ.

މުސްލިމް އަޚުންނޭވެ! މޫސުމާބެހޭ ބައިނަލްއަޤުވާމީ ބައްދަލުވުންތައް ބާއްވާ، ވެށްޓާބެހޭ މައްސަލަތަކާމެދު ބަހުސް ކުރަމުން މިދަނީ، ނިކަމެތި އިންސާނާ ސަލާމަތް ކުރެވޭތޯއެވެ.

ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ދިވެހިންނަކީ ކަނޑުގެ އަހުލުވެރީން ކަމަށާއި، އޭގެ ސަބަބުން ދިވެހީންގެ އިގްތިސާދު ބަރޯސާވަނީ ކަނޑަށް ކަމުގައެވެ. މިގޮތުން އެއީ ފަތުރުވެރިކަން ވިޔަސް މަސްވެރިކަން ވިޔަސް، ދިވެހި އިގްތިސާދުގެ މާނައަކީ ކަނޑު ކަމުގައި ބަޔާން ކުރައްވަމުން ޚުޡުބާގައި ވިދާޅުވެފައިވަނީ އަމިއްލަ އަތުން މި ނަލަ ނަލަ ކަނޑުތައް ތަޢައްޔަރު ކުރަމުންދާ ކަމުގައެވެ.

ޚުޡުބާގައި ވަނީ ދުނިޔެއަށް އަމާންކަމާއި ސަލާމަތްކަން ހޯދާ ދިނުމަށް މަސައްކަތް ކުރާންޖެހިފައިވާކަމަށް ވިދާޅުވެ، ވެށްޓާއި، ކަނޑުފަޅާއި، ވަޔާއި ޖައްވާއެކު ރިވެތިކޮށް މުއާމަލާތް ކުރުމަށް ގޮވާ ލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.