މިއީ ޤައުމު ބިނާކުރި 4 އަހަރު: ސައުދު

މިއީ ޤައުމު ބިނާކުރި 4 އަހަރު: ސައުދު

Author
ހުސެއިން
17 ނޮވެމްބަރ 2022 06:08
0

މިއީ އިޤްތިޞާދީ އެތައް ދައްޗަކާއެކުވެސް ޤައުމު ބިނާކުރި 4 އަހަރުކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމަށް 4 އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ސައުދު ވިދާޅުވީ ރައީސް ސާލިހުގެ ވެރިކަމުގެ 4 އަހަރު ވެގެން މިދަނީ ހަމަޖެހުމާއި ހިނިތުންވުމާއި އެކުވެރިކަން ބަދަހިވެ ޤައުމުގެ އިޖްތިމާއީ ފޭރާން ބަދަހިވި 4 އަހަރަށްކަމަށެވެ.

ސައުދު ވިދާޅުވީ ރައީސް ސާލިހުގެ ވެރިކަމުގެ ފުރަތަމަ 4 އަހަރަކީ ދުނިޔެއަށް ދިމާވި ބަލި މަޑުކަމުން އަރައިގަނެ ޒަރޫރީ ހުރިހާ ކަމެއް ތަފާތު ކުރުމެއް ނެތި ހޯދާދިން 4 އަހަރުކަމަށެވެ. އަދި ތައުލީމީ ދާއިރާ އިތުރަށް ކުރިއަށްދިޔަ 4 އަހަރުކަމަށާއި، މި ވޭތުވެދިޔަ 4 އަހަރަކީ އިޤްތިޞާދީ އެތައް ޗެލެންޖްއަކާ އެކީވެސް ޤައުމު ބިނާކުރި 4 އަހަރުކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ކޯވިޑްގެ އިޤްތިސާދީ ކާރިސާއިން އަރައިގަނެ މިއަދު ޤައުމުގެ މިސްރާބު ހުރީ ފުދުންތެރި މިސްރާބަކާއި ދިމާލަށްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.