2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރާނެ ކެންޑިޑޭޓަކާއި ގުޅޭގޮތުން ޚަބަރު އޮންލައިނުން ގެނެސްދިން ޕޯލް ބޮޑު ތަފާތަކުން ރައީސް ސާލިހު ކާމިޔާބު ކުރައްވައިފިއެވެ.
ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ދެ ކެނޑިޑޭޓުން ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުއާއި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މެދުގައި ނެގުނު ޚިޔާލު ހޯދުމުގެ މިވޯޓު ރައީސް ސާލިހު ކާމިޔާބު ކުރައްވާފައިވަނީ %67 އިންސައްތައިގެ ބޮޑު ތަފާތަކުންނެވެ. ޕޯލްގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ލިބިފައިވަނީ %23 ވޯޓެވެ.
ޚަބަރު އޮންލައިންއިން ނެގި މި އޮޕީނިއަލް ޕޯލްގައި، 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ރައީސް ސާލިހު ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައި ވާއިރު، ދެ ބޭފުޅުންވެސްވަނީ އެޕާޓީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިއުލާން ކުރައްވަފައެވެ.
⚠️ VOTE 🗳 & RETWEET 🔁
✳️ Who’s your pick for #MDP2023?
✅ Vote your favourite Candidate!👇@ibusolih @MohamedNasheed #PresidentialPrimary #MDP
— Khabaru Online (@KhabaruOnline) November 15, 2022
އެހެންނަމަވެސް ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއް އެމްޑީޕީން އަދި ހާމަ ކޮށްފައެއް ނުވެއެވެ. ދާދިފަހުން އެމްޑީޕީގެ އިސް ތަރުޖަމާންގެ މަގާމަށް އައްޔަން ކުރެވުނު އަނަސް އަބުދުއްސައްތާރު ވިދާޅުވެފައިވަނީ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއް އިއުލާން ކުރެވިގެންދާނީ އިދާރީ އިންތިޒާމްތައް ހަމަޖެހުމުން ކަމުގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވަރަށް އަވަހަށް އޮންނާނެކަމަށް ބެލެވޭއިރު، އެޕާޓީވަނީ، ރައީސް ސާލިހާއި ނަޝީދުއާއި ދެބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ ޚިޔާލު ތަފާތުވުންތަކުގައި ވަރަށް ބޮޑަށް ބައިބައިވެފައެވެ.
ޚަބަރު އޮންލައިން ހާމަ ކޮށްފައިވާ ގޮތުގައި އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނޭ ކެނޑިޑޭޓަކާއި ގުޅޭގޮތުން ޚިޔާލު ހޯދުމުގެ އިތުރުން ޕޯލްތައްވެސް ކުރިަޔށް އޮތްތަނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.