ޕޮލޭންޑަށް ވެއްޓިފައިވަނީ ޔޫކުރެއިންގެ އެއަރ ޑިފެންސްއިން ފޮނުވާލި މިސައިލްތަކެއް: ނޭޓޯ

ޕޮލޭންޑަށް ވެއްޓިފައިވަނީ ޔޫކުރެއިންގެ އެއަރ ޑިފެންސްއިން ފޮނުވާލި މިސައިލްތަކެއް: ނޭޓޯ

Author
ހުސެއިން
16 ނޮވެމްބަރ 2022 06:42
0

އަންގާރަދުވަހު ޕޮލޭންޑުގެ ވިލެޖަކަށް ވެއްޓުނު ދެ މިސައިލަކީ ޔޫކުރެއިންގެ ވައިގެ ދިފާއީ ބާރުން ފޮނުވާލި މިސެއިލްތަކެއް ކަމުގައި ނޭޓޯގެ ސެކެޓްރީ ޖެނެރަލް ސްޓޮލްޓެމްބާރގް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ޕޮލޭންޑުގެ ވިލެޖަކަށް އަމާޒުވި މި މިސައިލް ހަމަލާގައި ދެމީހުން މަރުވި ހާދިސާއަކީ ގަސްތުގައި ދިން ހަމަލާއެއްކަމަށް ނުބެލެވޭކަމަށް ޕޮލޭންޑުގެ ރައީސް ޑޫޑާވެސް ވިދާޅުވެފައި ވަނިކޮށެވެ.

ޔޫކުރެއިން ބޯޑަރު ކައިރީގައި، ޕޮލޭންޑުގެ އިރުމަތިން އޮންނަ ވިލެޖަކަށް އަމާޒުވި މިހަމަލާގައި ދެ މީހަކު ވަނީ މަރުވެފައެވެ. އަދި މި ދެ މިސައިލް މި ވިލެޖަށް ވެއްޓިފައިވަނީ ރަޝިއާއިން ޔޫކުރެއިންއަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަށް ދޭން ފެށުމާއެކުއެވެ.

ޕޮލޭންޑަށް މިސައިލް ހަމަލާ އަމާޒުވުމާއި ގުޅިގެން ނޭޓޯއިންވަނީ އެ އިއްތިހާދުގެ ކުއްލި އެމަޖެންސީ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ހިގަމުންދާ ޔޫކުރެއިން ހަގުރާމަ އިތުރަށް ގޯސްވެ، މި ހަގުރާމައިގެ ތެރެއަށް ނޭޓޯގެ ގައުމުތައް ސީދާގޮތުން ވަދެދާނެކަމުގެ ކަންބޮޑުވުން ދުނިޔޭގެ ގައުމުތަކުގެ މެދުގައި ބޮޑުވެގެން ދިޔައެވެ.

އެހެންނަމަވެސް ރަޝިއާއިން ބުނެފައިވވަނީ އެގައުމުން ޕޮލޭންޑަށް ހަމަލާ ދީފައި ނުވާނެކަމުގައެވެ. އަދި ރަޝިއާއިން ވަނީ މިއީ ދުނިޔޭގެ 3 ވަނަ ބޮޑު ހަނގުރާއަކާއި ދިމާލަށް މިހާރު ކުރެވެމުންދާ ހަގުރާމައިގެ މިސްރާބު އަބުރާލުމަށް ގަސްތުގައި ޕޮލޭންޑަށް ޔޫކުރެއިންއިން ދީފައިވާ ހަމަލާއެއްކަމަށްވެސް ތުހުމަތު ކޮށްފައެވެ.

ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނިޒޭޝަން، ނޭޓޯ އަކީ 1949ވަނަ އަހަރު، އެންމެ 12 މެމްބަރުންގެ މައްޗަށް އެކުލަވާލެވިގެން، މި ގައުމުތަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް އުފެއްދި ޖަމާއަތެކެވެ. އެ ގައުމުތަކަކީ، ބެލްޖިއަމް، ކެނެޑާ، ޑެންމާރކު، ފްރާންސް، އައިސްލޭންޑް އިޓަލީ، ލަގްޒަމްބާރގު، ދަ ނެދަރލޭންޑްސް، ނޯވޭ، ޕޯޒުގަލް، އިނގިރޭސިވިލާތް އަދި އެމެރިކާއެވެ.

މި ޖަމާއަތް އުފެއްދި އެންމެ މައިގަޑު މަގުސަދަކީ، ބާރުތައް ފުޅާވަމުން އައި އޭރުގެ ސޯވިއެޓް ޔޫނިއަން (ރަޝިއާއާއި އެގައުމުގެ މިހާރުގެ އަވައްޓެރި ގައުމުތަކުގެ މައްޗަށް އެކުލެވި، އެއް ގައުމެއްގެ ގޮތުގައި އޮތް ޔޫއެސްއެސްއާރު) ހުއްޓުމަކަށް ގެނައުމާއި، އަދި އޭގެ އިތުރުން، ޔޫރަޕް ސިޔާސީގޮތުން އެއްބައިވަންތަ ކުރުވުމެވެ.

ނޭޓޯ އުފެދުނުތާ 73 އަހަރު ފާއިތިވެގެން ގޮސްފައިވި ނަމަވެސް، ފާއިތުވެދިޔަ 30 ވަަރަކަށް އަހަރު ފާހަގަވެގެން ގޮސްފައިވަނީ، އެންމެ ފުރަތަމަ މި ޖަމާއަތް އުފެދިގެން ދިޔައިރު މެމްބަރު ގައުމުތަކުގައި އޮތް 5 ގައުމު ފަހަނައަޅާ، އެޓްލާންޓިކް ސަރަހައްދު ހުރަސްކޮށް މިޖަމާއަތް ފުޅާވަމުން ދިޔަ 30 އަހަރުގެ ގޮތުގައެވެ. މިއަދު ދުނިޔޭގެ 30 ގައުމަކުންވަނީ ނޭޓޯގައި ބައިވެރި އެ ޖަމާއަތުގެ މެމްބަރޝިޕް ހޯދާފައެވެ.

ނޭޓޯ ޓްރީޓީގެ (ޖަމާއަތް އުފެއްދުމަށް ވެވުނު އެއްބަސްވުގެ) 5 ވަނަ މާއްދާ އިން ކަޑައަޅާދީފައިވާ ގޮތުގައި މި ޖަމާއާތުން، ޖަމާއަތުގެ މެމްބަރު ގައުމުތަކަށް ފޯރުކޮށްދޭ ހިމާޔަތާއި ރައްކާތެރިކަމަކީ ޖަމާއަތުގެ އެންމެ މައިގަޑު އެއް އަސާސް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.