ޗާގޮސްގެ މައްސަލައާއި ގުޅުންހުރި މައުލޫމާތު ރައްޔިތުންގެ މަޖިލިހާއި ސަރުކާރުން ހިއްސާކުރިކަން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފު ކަމަށާއި، އެހެންނަމަވެސް އެންމެ ފަހަރަކުވެސް އެވާހަކަ މަޖިލިސް ރައީސް މުހައްމަދު ނަޝީދު މެމްބަރުންރުނާއި ހިއްސާ ކުރައްވާފައި ނުވާކަމުގައި ރައްޔިތުންގެ މަޖިލިހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޗާގޮސްގެ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިއްސެ ވިދާޅުވީ ނަޝީދުއާއި ނަޝީދަށް ތާއީދުކުރާ ފަރާތްތަކުގެ އަމަލު ހުރިގޮތް ދިވެހިންނަށް މިހާރު އޮޅިފައި ނުވާކަމުގައެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗާގޮސްގެ މައްސަލައަށްވުރެ ސާދާސީދާކޮށް މައުލޫމާތު ފެތުރިި ދެވަނަ މައްސަލައެއް މިރާޖޭގައި ނެތްކަމަށާއި، މިވާހަކަ ހަގީގަތް އޮޅޭގޮތަށް ވާހަަކަ ދައްކަވަނީ އެކި ދުވަސަވަރު އެކި ގޮތްގޮތަށް ޗާގޮސްއާއި ގުޅޭގޮތުން ނިންމެވުން ނިންމެވި ބޭފުޅުން ކަމުގައެވެ.
އޭނާ ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި މަލިކަކީވެސް ރާއްޖޭގެ ތަނެއްގެ ގޮތުގައި ނަޝީދު ވާހަކަ ދެއްކެވިކަމުގައެވެ. އެހެންނަމަވެސް މަލިކަކީ މިހާރު ރާއްޖޭގެ ބައެއް ނޫންކަމަށް ވިދާޅުވަމުން ގެންދަވާ ސަބަބު ދިވެހި ރައްޔިތުންނަށް ވަރަށް ސާފު ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މަނިކުފާނުގެ ވެރިކަމުގަ މަލިކަކީވެސް ދިވެހިރާއްޖޭގެ ތަނެއްގެ ގޮތުގަ ފާހަގަ ކުރަމުން ދިޔަ. އެކަމަކު މިއަދު މަނިކްފާނަކަށް އެވާހަކައެއް ނުދެއްކޭނެ. އެ ސަބަބު ދިވެހިންނަށް ސާފު.
މަޖިލިހުގެ ފްލޯގައި މަލިކުގެ ވާހަކަ ދެއްކެވުން ނަޝީދު ތަކުރާރުކޮށް މަނާ ކުރައްވަމުން ގެންދަވަނީ އެއީ އިންޑިއާގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީކަމުގައި މޭރުން ކުރައްވަމުން އިއްސެ ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޗާރގޮސްގެ މައްސަލަވެސް ދެން ހުރި މައްސަލަތައްވެސް ނިމިގެން ދާނީ ރާއްޖެއަށް އެންމެ މަސްލަހަތު ހުރި ގޮތަށް ކަމުގައެވެ.
އެންމެ ފަހުން މިކަން ނިމިގެން ދާއިރު، މަނިކްފާނު ބުނާނެ ލަފްޒު އަޅުގަޑަށް ސާފުވޭ. ޗާގޮސް މައްސަލާގަ މިދިވެހިރާއްޖެ ބޭނުންވާ މިންވަރަށް ބޭނުންވާ އަދަދަށް އިން ކަނޑައެޅިގެން ދާނެ މަންޒަރު ﷲ އިރާދަ ކުރެއްވިއްޔާ އަޅުގަޑުމެންނަށް ފެނޭ. އެދުވަހަކުން މަނިކްފާނު ތެދުވެވަޑައިގެން ވިދާޅުވާނެ އެއީ އަޅުގަޑު ކުރި ކަމެކޭ. މިގޮތަށް ކަންކަން ކުރަން، ތަރުތީބު ކުރަން ދެނެއް، ދިވެހިންގެ ބޮލަށް އެރިގެން ކަންކަން ކުރުމުގެ ޖާގައެއް އިރާދަ ކުރެއްވިއްޔާ މި ދިވެހިރާއްޖެއަކު ނެތްކަން އަޅުގަޑަށް ސާފު.
ޗާގޮސްގެ މައްސަލާގައި ނަޝީދަށް ފާޑު ވިދާޅުވަމުން އިއްސެ ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހޫނުވެފައިވާ، ޗޯގޮސްއާއި ގުޅުންހުރި އެއްވެސް މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އަދި އެމަޖިލީހުގެ ބައެއް މެމްބަރުން ދައްކަވާފައިވާ ވާހަކަތައް ސަރުކާރުން، މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދޮގު ކޮށްފައެވެ.
ޗާގޮސް މައްސަލާގައި ސަރުކާރުގެ ވަޒީރުން ފެންވަރުގައި އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާތީ ގިނަބަޔަކު ޝަކުވާ ކުރަމުން ދަނިކޮށް، ފޮރިން މިނިސްޓަރ ޝާހިދާއި ބަންޑާރަނައިބު އިބުރާހިމް ރިއްފަތު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިއްފަތު ވިދާޅުވީ މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ މައުލޫމާތު މިއަހަރު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކޮށްފައި ވާނެ ކަމަށެވެ.
ރިއްފަތު ވިދާޅުވި ގޮތުގައި، މިމައްސަލާގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި ރިއްފަތުވަނީ މަޖިލީހާއި ހިއްސާކުރެއްވި ލިޔެކުޔުންތަކުގެ ސިއްރު ހިފަހައްޓަވާ ދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ