ކޭބަލެއް ބުރިވެ ހިޔާ ފްލެޓުތަކުން ކަރަންޓު ކެނޑިއްޖެ، މައްސަލަ ހައްލުކުރަން 2 ގަޑިއިރު ނަގާނެ

ކޭބަލެއް ބުރިވެ ހިޔާ ފްލެޓުތަކުން ކަރަންޓު ކެނޑިއްޖެ، މައްސަލަ ހައްލުކުރަން 2 ގަޑިއިރު ނަގާނެ

Author
މުޙައްމަދު ޖިމީ
15 ނޮވެމްބަރ 2022 12:44
0

ހުޅުމާލެ ހިޔާ ފްލްޓުތަކަށް ކަރަންޓު ފޯރުކޮށްދޭ މައި ކޭބަލެއް ބުރިވެ ފްލެޓުތަކުން ކަރަންޓު ކެނޑިެއްޖެއެވެ. މިއަދު ހެނދުނު ހިނގި މިހާދިސާއާއި ގުޅިގެން ފްލެޓެއްގެ ލިފްޓު ތެރޭގައި ބަޔަކު ތާށިވެސްވިއެވެ.
ކަރަންޓު ކެނޑުނީ މައި ކޭބަލެއް ބުރިވެގެންކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތްކުރާކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްތެލްކޯއިން ބުނީ، ހިޔާޓަވަރުތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލް މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ބެލެވޭތީ، އެ ކޭބަލް އައިސޮލޭޓްކޮށް، އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންކަމަށެވެ. މި މަސައްކަތަށް އެންމެ ގިނަވެގެންވެސް ހޭދަވާނީ 2 ގަޑިއިރު ކަމަށް ބެލެވޭކަމަށް ސްޓެލްކޯއިން ބުންޏެވެ.

މީގެ ކުރިންވެސް ހިޔާ ފްލެޓް ސަރަހައްދުގައި ކޭބަލެއް ކަނޑައިގެންގޮސް ކަރަންޓު ކެނޑިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.