ޓެރަރިޒަމްގެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން އުޅުނީ ގިނަބަޔަކު މަރާލަން: ފުލުހުން

ޓެރަރިޒަމްގެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން އުޅުނީ ގިނަބަޔަކު މަރާލަން: ފުލުހުން

ނޮވެމްބަރު 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގާ ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން އުޅުނީ އައިސިސްއާ ގުޅިގެން ތަންތަން ގޮއްވައި އެތައް ބަޔަކު މަރާލަންކަމަށް ފުލުނުން ބުނެފިއެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ ޕްރެސްގައި ވިދާޅުވީ ހައްޔަރުކުރި މީހުން ދިރިއުޅޭ ގޭގެއިންނާއި، އެމީހުންނާއި ގުޅުންހުރި ބައެއް ތަންތަނުން ބޮން ގޮއްވުމަށް ބޭނުންކުރާ އާލަތްތައްވެސް ހޯދާފައިވާކަމަށެވެ. އެމީހުން ހަމަލާ ދޭން އުޅުނީ ކޮންތަނަކަށް ކަން ފުލުހުންގެ ތަހުގީގަށް އެނގިފައި ވީނަމަވެސް އެމައުލޫމާތު ފުލުހުން ހިއްސާ ނުކުރެއެވެ.

މިމައްސަލާގައި ހައްޔަކު ކޮށްފައިވަނީ މުޅިންވެސް އައްޑޫ މީހުންނެވެ. އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އައްޑޫން 10 މީހަކު، މާލެ އިން އެކަކު އަދި ގުރައިދޫން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިއެންމެންނަކީވެސް އައްޑުއަށް ނިސްބަތްވާ މީހުންނެވެ. ފުލުހުން ބުނީ އޭގެ ތެރޭގައި ހިމެނޭ 9 މީހަކު މީގެ ކުރިން ވެސް ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިހަމަލާގައި ބޭރުބައެއްގެ އިންވޯލްމަންޓެއް މިހާތަނަށް މިހަމަލާގައި ނެތްކަމަށެވެ. މިހަމަލާ ދޭން އުޅުނީ ގޮވާ ތަކެތި ބޭނުންކޮށްގެން ކަމަށާއި، މިހަލާ އެމީހުންނަށް ކާމިޔާބު ކުރެވުނު ނަމަ ގިނަ ބަޔަކަށް މީގެ ގެއްލުން ކުރިމަތިވެ، ގިނަ ބަޔަކު މަރުވުމަކީ އެކަށީގެންވާކަމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

ޓެރަރިޒަމާއި ދެކޮޅަށް އޮޕަރޭޝަނެއް ފަށާފައިވާއިރު ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި މުހިންމު ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ހިންގި އެކި އޮޕަރޭޝަންތަކުގައި މީގެ ކުރިންވެސް މީހުން ހައްޔަރުކޮށްފައިވެއެވެ.

މިމަސައްކަތުގައި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، މިދިޔަ އަހަރުވަނީ ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހު ގެނެސްފައެެވެ. ޤާނޫނަށް ގެނައި ބަދަލުތަކުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ވަނީ މުހިއްމު ބާރުތަކެއް ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޔަގީންތާ މިކަމުގަވެސް އަޑިގަ ވާނީ ވެރިކަން ނުލިބި ގައުމު ފިތުނަ ކުރާ ސިޔާސީ މީހިން..

Leave a Reply

Your email address will not be published. Required fields are marked *