ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ހަޑިހުތުރުބަހުން މުޚާތަބު ކުރައްވާފައިވާ މެސެޖުތަކެއް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް އާންމު ކުރައްވައިފިއެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުމުގައި، ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރައްވާ މެމްބަރުން ގެންދަވަނީ ފާޅުގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް ރައްދު ދެއްވައި ބަހުގެ ހޫނު ހަމަލާތަކެއް ސޯޝަލް މީޑިއާގައި ބަދަލު ކުރަމުންނެވެ.
ރައީސް ޞާލިހަށް ތާއީދުކުރާ މެމްބަރުންގެ ތެރެއިން ރޮޒޭނާ އާދަމް ގެންދަވަނީ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައިތިބެ ބައެއް މެމްބަރުން ރައީސް ޞާލިހާއި ސަރުކާރު ބަދުނާމުކުރުމަށް ކުރާ މަސައްކަތަށް ރައްދު ދެމުންނެވެ. ރޮޒޭނާގެ ވާހަކަތަކަށް އެންމެ ބޮޑަށް ރައްދު ދެއްވާ މެމްބަރަކީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. އިންތިވަނީ ރޮޒޭނާ މީގެ ކުރިން އެކި ޕާޓީތަކުގެ ޕޯޑިޔަމްތަކުގައި ދައްކަވާފައިވާ ވާހަތަކައްވެސް ހިއްސާ ކުރަމުންނެވެ.
ރޮޒޭނާގެ ވާހަކަތައް މިގޮތަށް ހިއްސާ ކުރަމުންދާތީ އޭނާވަނީ ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންގެ ބަހުރުވައިގައި އެއްވެސް އަހުލާގީ މިންގަނޑެއް ނުހުންނާތީ އެކަން ބަލައިލުމަށް އިންތިއަށް ދަންނަވާފައެވެ. އެގޮތުން ތޮއްޑޫ ދާއިރާގެ މެމްބަރު އެމްޑީޕީ ވަޓްސްއަޕް ގްރޫޕެއްގައި ރައީސުލްޖުމްހޫރިއްޔާއަސް ނިސްބަތްކޮށް ވަރަށް ހަޑިހުރުވަހުން މުއާމަލާތު ކޮށްފައިވާ މެސެޖްތަކެއް ރޮޒޭނާ ވަނީ ހިއްސާ ކުރައްވާފައެވެ.
ތިބޭފުޅާގެ ޓީމުގެ ކަމާއި ބަހުރުވަ ހުންނަގޮތް މީ. މީގައިން ހަޔާތުގެ ކަންފުޅެއް އެބައޮތްތޯ؟ ތިބޭފުޅާއަށް މިމަންޒަރު ފެނޭތޯ؟ މިފަދަ ބަހުރުވަ ހަމަގައިމުވެސް އަޅުގަނދު ރައީސް ނަޝީދަށް ނުގެންގުޅެން! އިންތިގެ ވަންޓްރެކް މައިންޑް މިވަރުން މީހުންނަށް އެނގޭނެ! ޔޫއާ އިން ދިސް ގްރޫޕް! ޑިޑްޔޫސޭ އެނީތިންގ؟
– ރޮޒޭނާ އިންތިއަށް އަމާޒުކޮށް ވިދާޅުވިއެވެ.
Thibeyfulhaage teamge kamaa bahuruvaa hunna goi mee!
Meegen hayaathuge kanfulheh ebafeneytho? Thibeyfulhaa ah mimanzaru feneytho? Mifadha bahuruva hamagaimuves alhugandu RN akah nugengulhen! Inthige one track mind mivarun meehunnah engeyne! U r in this group. Did u say anything? https://t.co/QIc2OTx2mK pic.twitter.com/zn2QlNp0xE— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) November 14, 2022
ރޮޒޭނާއާއި އިންތިއާއި ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރަމުންދާއިރު، މަޖިލިސް ތެރެއިންވެސް ދެރައީސުންނަށް ތާއީދުކުރާ މެމްބަރުންގެ މެދުގއި ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ